ދެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ހދ. ހއ. އަދި ށ. ގައި ހިމެނޭ ރަށެއްގައި އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކަށާއި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކޮށްފައިވާ މައްސަލައެއް މިދިޔަ މަހު 27 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެމައްސަލައިގައި 19 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓް އަމުރެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ އެމައްސަލަ ޖެންޑާ މިނިސްޓްރީއާ ގުޅިގެން ބަލަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު