މިހާތަނަށް އެއްވެސް ޓީމަކަށް ހާސިލުކުރެވިފައި ނުވާ ކާމިޔާބީއެއް ކަމަށްވާ، "ހަތަރު ތަށި" އެއް ސީޒަނެއްގައި ހޯދުމުގެ ކާމިޔާބީ ލިވަޕޫލާއެކު މި ސީޒަނުގައި ހޯދުން ވެގެންދާނީ ހުވަފެނީ ކާމިޔާބީއަކަށް ކަމަށް ނެދަލޭންޑްސް ޑިފެންޑަރު ވާޖިލް ވެން ޑައިކް ބުނެފިއެވެ.
ލިވަޕޫލުން މިހާތަނަށް މި ސީޒަނުގައި އިނގިރޭސި ލީގު ކަޕް ކާމިޔާބު ކޮށްފައިވާ އިރު، އެޓީމު އޮތީ އެފްއޭ ކަޕްގެ ފައިނަލުގައެވެ. އޭގެ އިތުރުން ލިވަޕޫލުން ލީގަށްވެސް ވާދަކުރަމުންދާ އިރު، ދެވަނައިގައި އޮތީ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ވުރެ ޕޮއިންޓެއް ފަހަތުގައެވެ. އޭގެ އިތުރުން ޔޫރަޕްގެ އެންމެ ޝަރުވެރި މުބާރާތް، ޔޫއެފާ ޗެމްޕިއަންސް ލީގުގައިވެސް ލިވަޕޫލް އޮތީ ސެމީ ފައިނަލުގައެވެ.
ޑޮމެސްޓިކް ތިން ތައްޓާއި ލިވަޕޫލަށް ޔޫރަޕްގެ ޗެމްޕިއަންކަންވެސް އަދި ހޯދެން އޮތް އިރު، މިހާތަނަށް އިނގިރޭސި އެއްވެސް ޓީމަކަށް އެއް ސީޒަނެއްގައި އެ ހަތަރު ތަށި ހޯދާފައެއް ނުވެއެވެ.
"އެއީ ނުވާނެ ކަމެކޭވެސް ބުނެވިދާނެ. އެއީ ހުވަފެނީ ކާމިޔާބީއަކަށްވާނެ. އެހެން އެއްވެސް ޓީމަކަށް އަދި އެކަން ހާސިލު ނުވެ އޮތް އޮތުމުން ދޭހަވަނީ އެކަމުގެ އުނދަގޫކަން،" ވެން ޑައިކް ބުންޏެވެ.
ވެން ޑައިކް އިތުރަށް ފާހަގަކުރީ ހަތަރު ތަށި، ނޫނީ ތިން ތަށި މި ސީޒަނުގައި ހޯދާ ވާހަކަވެސް ދެއްކުމަކީ އިތުރު ޕްރެޝަރަކަށް ވާނެ ކަމަށެވެ. ނަމަވެސް އެ ކާމިޔާބީތަކަކީ ކޮންމެ ޓީމެއްގެވެސް އަދި ކުޅުންތެރިއެއްގެވެސް ހިވަފެންތަކެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
އުމުރުން 30 އަހަރުގެ ޑިފެންޑަރު ވެން ޑައިކް މި ސީޒަނަށް ނުކުތީ އަނިޔާގައި 10 ވަރަކަށް މަސް ކުޅުމާ ދުރުގައި ހޭދަކުރުމަށްފަހުއެވެ. ކަކުލުގެ ސާޖަރީއަކަށްފަހު މަޑުމަޑުން ރިކަވާވެ ވެން ޑައިކް އޭނާގެ ވަރުގަދަ ފޯމަށް އަނެއްކާވެސް އެނބުރި އައިސްފައިވާ އިރު، އޭނާ ބުނީ ލިވަޕޫލަކީ ކުޅުންތެރިންގެ ފިޓްނަސްއަށް އެކަށޭނެ ވަގުތު ދީ، ރިކަވާވާން ފުރިހަމައަށް އެހީތެރިވެދޭ ނަމޫނާ ކްލަބެއް ކަމަށެވެ.
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް