ހުޅުމާލެ ހާންޖީ ރެސްޓޯރެންޓްގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތަކަށް ވަޅިން ހަމަލާދީ މަރާލި ކަމަށް ތުހުމަތުކުރާ ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ މުހައްމަދު އާބިދުގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
އާބިދަކީ ހާންޖީ ރެސްޓޯރެންޓްގެ ކައްކާގެ މަސައްކަތް ކުރި މީހެކެވެ. އޭނާ މަރާލާފައިވަނީ އެތަނުގެ ވެއިޓަރެއްގެ މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝްގެ ޒުވާނެކެވެ.
ބަންގްލަދޭޝް މީހާއަށް ވަޅިން ހަމަލާދިނުމަށް ފަހު އާބިދު ވަނީ ފިލައިފައެވެ. ފުލުހުން އޭނާ ހައްޔަރުކުރީ ރޭ ދަންވަރު 2:00 ހާއިރު ހުޅުމާލެ ފޭސް ދޭއްގެ އަތިރިމަތިންނެވެ.
ފުލުހުން މިރޭ ބުނީ، އާބިދު މިރޭ ހުޅުމާލެ ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
ހާންޖީ ރެސްޓޯރެންޓްގައި އިއްޔެ ހަވީރު ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ލިބުނު ޒަހަމްތަކާ ގުޅިގެން ބަންގްލަދޭޝް މީހާ ވަނީ މަރުވެފައެވެ. އޭނާގެ ބޮލަށާއި ކަރަށް އަނިޔާވެފައިވާއިރު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ އޮތީ މަރުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު