ހުޅުމާލެ ރެސްޓޯރެންޓެއްގައި ވަޅިން ހަމަލާދީ މީހަކު މަރާލައިފިއެވެ.
ފުލުހުން ބުނީ ހުޅުމާލޭގެ ރެސްޓޯރެންޓެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލާފައިވާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހަރަކާތްތެރިވާ ކަމަށެވެ.
އަނިޔާ ލިބުނު މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ ކަމަށެވެ. މަރުވެފައިވަނީ ބަނގުލަދޭޝްގެ ފިރިހެނެއް ކަމަށްވެސް ފުލުހުން ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަލާދީފައިވަނީ ހުޅުމާލޭގައި ހުންނަ، ޚާނޖީ ރެސްޓޯރެންޓުގައެވެ. ހަމަލާ ދިނީ އެ ރެސްޓޯރެންޓުގައި މަސައްކަތް ކުރާ ޕާކިސްތާނުގެ ކައްކާ އެކެވެ. ހަމަލާގައި މަރުވެފައިވަނީ އެތަނުގައި މަސައްކަތް ކުރާ ވެއިޓަރެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު