ރ. އަލިފުށީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ.
އަލިފުށީ އެއާޕޯޓު ތަރައްގީ ކުރުމާއި ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހު އެވެ.
ޖުމުލަ 451.6 މިލިއަން ރުފިޔާއަށް އަލިފުށީގެ އެއާޕޯޓު ތަރައްގީ ކުރުމާއި ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 750 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ހަވާލު ކުރުމަށެވެ.
މި މަޝްރޫއުގެ ދަށުން 1200 މީޓަރުގެ ރަންވޭއެއް ގާއިމުކޮށް، އަލިފުށިން 50.5 ހެކްޓަރުގެ ބިން ހިއްކުން ވެސް ހިމެނެ އެވެ. މީގެ ތެރެއިން 10 ހެކްޓަރުގެ ބިން އެ ރަށުގެ ތަރައްގީ އާއި ގެދޮރުވެރިކަމުގެ ބޭނުމަށް ދޫކުރާނެ އެވެ. އަދި 40.5 ހެކްޓަރުގެ ބިން ބޭނުންކުރާނީ އެއާޕޯޓު ގާއިމު ކުރުމަށެވެ.
އޭގެ އިތުރަށް ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން 2871 މީޓަރު ސަރަހައްދެއްގެ ރިވެޓުމަންޓު ޖެހުމާއި 480 މީޓަރުގެ ގްރޮއިންއެއް ގާއިމް ކުރުން ހިމެނެ އެވެ. ޓެކްސީވޭ، އޭޕްރަން އަދި ސާވިސް ރޯޑް ހެދުމާއި، ޓާމިނަލް ބިލްޑިން އަކާއި ފަޔާ ބިލްޑިން އެއް ހެދުމާއި، އަލިފާންނިއްވާ އިކުއިޕްމަންޓް ބެހެއްޓުމާއި، 655 މީޓަރުގެ ސެކިއުރިޓީ ފެންސެއް ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު