"ގްރީން ސްމާޑް އައިލެންޑް ޕްރޮޖެކްޓް"ގެ ނަމުގައި ތިމާވެއްޓަށް އަހުލުވެރިކުރުމުގެ ބިޔަ ޕްރޮޖެކްޓެއް ހެލެތު މިނިސްޓްރީން އިސް ނަގައިގެން ކުރިއަށްގެންދަން ނިންމައިފިއެވެ.
ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި މިރޭ ބޭއްވި ޖަލްސާއެއްގައި "ގްރީން ސްމާޑް އައިލެންޑް ޕްރޮޖެކްޓް" ލޯންޗުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމްއެވެ.
"ގްރީން ސްމާޓް އައިލެންޑް ޕްރޮޖެކްޓް" އަކީ، މޫސުމަށް އަންނަ ބަދަލުތަކާއި އެކަމުން ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ސިއްހަތަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ކުޑަކޮށް، އަންނަން އޮތް ޖީލުތަކަށް ދުޅަހެޔޮ ވެށްޓެއް ބިނާކޮށްދިނުމުގެ ބޭނުމުގައި ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.
ކަމާގުޅޭ އެހެން އިދާރާތަކާ ވެސް ގުޅިގެން ކުރިއަށްގެންދާ އެ ޕްރޮޖެކްޓުގެ މައިގަނޑު މަސައްކަތަކަށް ވާނީ ތިމާވެއްޓާއި އާންމު ސިއްހަތަށް ހުރި ނުރައްކާތައް ކުޑަކުރުމަށް ތިމާވެއްޓާ ރައްޓެހި ހަކަތަ ބޭނުންކުރުމުގެ އިތުރުން ދަތުރުފަތުރުގެ ހިދުމަތަށް ވެސް ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ބޭނުންކުރުމަށް ބާރު އެޅުމާއި އެކަމުގެ މުހިންމުކަން ރައްޔިތުން ހޭލުންތެރި ކުރުވުމެވެ. އަދި ތިމާވެއްޓަށް ގެއްލުންހުރި ކަންކަމުން ރައްޔިތުން ދުރުހެލި ކުރުމެވެ.
- ތިމާވެއްޓަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކޮށް ތިމާވެށީގެ މައްސަލަތައް ހަރުދަނާ ވިސްނުންތަކެއް ގެންގުޅުމާއި ދުޅަހެޔޮ ހަށިހެޔޮ މުޖުތަމައެއް ބިނާކުރުމަށް ފެހި އަދި ތިމާވެއްޓާ ރައްޓެހި ޓެކްނޮލޮޖީތައް ކުރިއެރުވުން
- ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކްލައިމެޓް ރެޒިލިއެންޓް ކޮމިއުނިޓީތަކާ އިންފްރާސްޓްރަކްޗާ ބިނާކުރުން
- ބަލިތަކުން ރައްކާތެރިވެ ދުޅަހެޔޮ ސިއްހަތެއްގައި ދިރިހުރުމުގެ ފެންވަރު ރަނގަޅުކުރުމަށް ސާފު ވަޔާއި ސާފު ފެނާއި ނުރައްކާތެރި ވިހަ މާއްދާތައް ބޭނުންކުރާ މިންވަރު މަދުކުރުން
- ދިރިހުރުމުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ބޭނުންވާ އިޖުތިމާއި ހަރަކާތްތަކާ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށްޓަކައި ބޭނުންވާ ފެހި މުޖުތަމައެއް ބިނާކުރުމަށް މަސައްކަތްކުރުން
- ކުނި މަދުކުރުމަށް މުޖުތަމައުތައް އަހުލުވެރިކުރުވައި ރައްކާތެރި ގޮތުގައި ކުނި މެނޭޖުކުރުމުގެ ނިޒާމުތަކާއި ސާފުތާހިރުކަމުގެ އާދަތަކަށް އަހުލުވެރިކުރުވައި ދިމާވެދާނެ ނުރައްކާތައް ކުޑަކުރުމަށް މަސައްކަތްކުރުން
"ގްރީން ސްމާޑް އައިލެންޑް ޕްރޮޖެކްޓް" ލޯންޗުކުރުމުގެ އިތުރުން މިރޭ ވަނީ އެ ޕްރޮޖެކްޓް އެންމެ ފުރަތަމަ ކުރިއަށްގެންދާނެ ހަތަރު ރަށުގެ ކައުންސިލުން ވަނީ ޕްރޮޖެކްޓުގެ ކޮމިޓްމެންޓް އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
އެ ހަތަރު ރަށަކީ ވ. ކެޔޮދޫ، ވ. ފެލިދޫ، ހދ. ކުރުނބީ އަދި ނ. ކުޑަފަރި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު