މިވަގުތު ނެދަލޭޑްސް ލީގުގެ އަޔެކްސްގައި ހުރި ކޯޗު އެރިކް ޓެން ހާގް ގެންދަން ޔުނައިޓެޑުން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ބައެއް ރިޕޯޓުތައް ބުނެފިއެވެ.
ހަބަރުތައް ބުނެފައިވާ ގޮތުގައި ޓެން ހާގް ގެންދަން ޔުނައިޓެޑުން ވަރަށް ބޮޑަށް ގާތަށް ޖެހިލި ނަމަވެސް އަދި ޔަގީންކަމާއެކު ޑީލް ނުނިމޭ ކަމަށެވެ. ރިޕޯޓުތައް ބުނަނީ ޔުނައިޓެޑުން މިހާރު ބަލަމުން އަންނަ ހަމައެކަނި ދެ ކޯޗުންނަކީ ޓެން ހާގާއި ޕީއެސްޖީގައި ހުރި މައުރީސިއޯ ޕޮޗެޓީ ކަމަށެވެ.
މި ސީޒަންގެ ތެރޭގައި ޔުނައިޓެޑްގެ ކޯޗު ކަމާ ކުރިން ހަވާލުވެ ހުރި ކްލަބު ލެޖެންޑް އޮލެ ގުނަ ސޮލްޝެއާ އެ މަގާމުން ވަކިކޮށްފައިވާ އިރު، އޭގެ ފަހުން ސީޒަން ނިމެންދެން ކްލަބުގެ ކޯޗުކަން ހަވާލުކުރީ ރާފް ރަންގްނިކާއެވެ. ރާފްއަކީ ދުރު ރާސްތާ ޕްލޭނަކަށް ގެންދިޔަ ޓެކްނިކަލް އެޑްވައިޒަރެއް ކަމަށް ޔުނައިޓެޑުން ކުރިންވެސް ބުނެފައިވެއެވެ. ސީޒަނަށްފަހު އޭނާ ދެން މަސައްކަތް ކުރާނީ ކްލަބުގެ ކާމިޔާބީއަށް ދުރު ރާސްތާ ޕްލޭނެއް އެކުލަވާ ލުމަށެވެ.
ހަބަރުތައް ބުނެފައިވާ ގޮތުން ޔުނައިޓެޑުން ޓެން ހާގް އެނައުންސް ނުކޮށް މަޑުކުރަމުން ދަނީ އަޔެކްސްއިން ލީގު ތައްޓަށް ވާދަކުރަމުންދާ ދަނޑިވަޅެއްގައި އެކަން އިއުލާން ނުކުރުމަށެވެ. އެއީ އަޔެކްސްއަށް އިހުތިރާމް ކުރުމަށެވެ.
އުމުރުން 52 އަހަރު ޓެން ހާގް އަޔެކްސްއާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު 2023 ވަނަ އަހަރު ނިޔަލަށް އޮތް ނަމަވެސް ބެލެވޭ ގޮތުގައި މި ސީޒަނަށްފަހު ކްލަބު ބަދަލުކުރާނެއެވެ. އަޔެކްސްއާއެކު 2019، 2021 ވަނަ އަހަރު ޑަޗް ލީގު ހޯދައި، އެ ކްލަބާއެކު 2019 ވަނަ އަހަރު ޗެމްޕިއަންސް ލީގު ސެމީއަށް ދިޔަ ކޯޗު، ޓެން ހާގް ހޯދުމުގެ ރޭހުގެ އެންމެ ކުރީގައި އޮތީ ޔުނައިޓެޑެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް