ކެމިކަލް ލީކުވަމުންދާކަމުގެ މައުލޫމާތަކާ ގުޅިގެން އެމްޕީއެލް ހިމެނޭ ސަރަހައްދު ބަންދުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ދާދި ދެންމެ މިއަދު ވިދާޅުވީ، އެ ސަރަހައްދުގައި ފުލުހުންނާއި އެމްއެންޑީއެފުން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ފުލުހުން ބަންދުކޮށްފައިވަނީ ވެސްޓް ޕާކާއި ދިމާ ބޮޑުތަކުރުފާނު މަގުގައި އެމްޕީއެލް ހިމެނޭ ސަރަހައްދެކެވެ. އެ ސަރަހައްދުގައި ފަޔާ އެންޑް ރެސްކިއު ޓީމުންވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ކެމިކަލް ލީކެއް އުޅޭކަމުގެ މައުލޫމާތާއެކު، އެމްޕީއެލް ސަރަހައްދު ބަންދުކޮށްފައިވާއިރު، ލީކުވެފައިވަނީ ކޮން ކެމިކަލެއް ކަމެއް، އަދި އެކަމުގެ ސަބަބުން ލިބުނު ގެއްލުމެއް ސާފެއް ނޫނެވެ.
ޚަބަރު
ޚަބަރު
ޚަބަރު