ރަޝިޔާ އާއި ޔުކްރޭނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް މުހިއްމު ޓޫރިޒަމް މާކެޓެއް ކަމަށްވާ ރަޝިޔާ މާކެޓް ވަނީ 70 ޕަސެންޓް ދަށަށް ގޮސްފައި ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
މައުސޫމު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިނަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު އަބުދުލް މުޣުނީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މުޣުނީ ސުވާލު ކުރެއްވީ ރާއްޖެއަށް ފަތުރުވެރިކަމުގެ އިތުރު މާކެޓްތައް ހޯދުމާބެހޭގޮތުންނެވެ.
މިނިސްޓަރު ވިދާޅުވީ، އަތް އުރާލައިގެން ނުތިބެ، ސަރުކާރާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އަމިއްލަ ފަރާތްތަކުން، ރާއްޖެއަށް އިތުރުމާކެޓްތައް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް ރަޝިޔާ ހަނގުރާމައާ ގުޅިގެން ރަޝިޔާ މާކެޓަށް އައި ބަދަލުގައި އެމާކެޓުން 70 ޕަސެންޓް ދަށަށްގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހަމަ އެއާއެކު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ދިހަ ގައުމުގެ ތެރޭގައި ހިމެނޭ ޔުކުރެއިންގެ މާކެޓް ނިމުމަކާ ހަމައަށް އައިސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެކަންކަމާ ގުޅިގެން، ކުރިން ހުރި މާކެޓްތައް އިތުރަށް ފުރިހަމަކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން ރާއްޖެއާ ގާތުންހުރި މާކެތްތަކުގެ ތެރެއިން، އިންޑިއާ މާކެޓަކަށް އިސްކަންދެއްވާ ކަމަށާއި، މިދިޔަ އަހަރު އެއްވަނައިގައި އޮތް އިންޑިއާ މާކެޓު މިއަދު ހުރީ 10.9 ޕަސެންޓްގައި ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މިހާރު އެއްވަނައިގައި އުޅެނީ، ޔޫކޭ މާކެޓްކަމަށެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޖެކްޓްތައް މުޅި ދުނިޔެއަށް ކަމުދާ ގޮތަށް ރާވާލެވިފައިވާ ކަމަށާއި، އެންމެ މަތީ ފަންތިން، ޖެޓުތަކުގައި އަންނަ މީހުންގެ އިތުރުން، ފަސްޓް ކްލާހާއި، އިކޮނޮމިކު ކުލާހުން އަންނަ މީހުންނަށްވެސް ރާއްޖެ ކަމުދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ދުނިޔެއަށް އަންނަ ލޮޅުން ތަކާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ލޮޅުމެއް ނާންނަ ގޮތަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް