އައްޑޫ ސިޓީގެ މަގުހެދުމާއި ފެންހިންދުމުގެ ނިޒާމު ގާއިމުކުރުމުގެ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މިއަދު އައްޑޫ ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު ފައްޓަވައިދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. ރައީސްގެ އަރިހުގައި އިންޑިޔާގެ މިނިސްޓާ އޮފް އެކްސްޓާނަލް އެފެއާޒް ޑރ. ސުބްރަމާނިއަން ޖަޔަޝަންކަރު އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫއަކީ އައްޑޫސިޓީގައި މިހާތަނަށް ހިންގޭ މަގު ހެދުމުގެ އެންމެ ބޮޑު މަޝްރޫއެވެ. ޖުމްލަ 1,197,068,447 ރުފިޔާގެ މި މަޝްރޫއު ކުރިޔަށްގެންދަނީ އެފްކޯންސް އިންފްރާސްޓްރަކްޗާ ލިމިޓެޑާ ހަވާލުކޮށްގެންނެވެ.
އައްޑޫ ސިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން އެ ސިޓީ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ، ހުޅުދޫ އަދި މީދޫގެ ފެން ހިންދާ ނިޒާމު ގާއިމުކުރެވޭނެއެވެ. އެގޮތުން މި މަޝްރޫއުގައި މުޅި އައްޑޫ ސިޓީގައި 103 ކިލޯމީޓަރުގެ ސްޓޯމް ވޯޓާ ޑްރެއިނޭޖް ގާއިމުކުރުމަށް ހަމަޖެހިފައިވެއެވެ.
މި މަޝްރޫއުގެ މަގުހެދުމުގެ މަސައްކަތުގެ ދަށުން އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ، ހުޅުދޫ އަދި މީދޫގައި 40 ކިލޯމީޓަރުގެ މަގުގައި ތާރު އަޅައި އަދި ގާ އަތުރައިގެން ތަރައްގީ ކުރާނެއެވެ. އަދި ގާތްގަނޑަކަށް 67 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓިބިލައިޒްޑް ބޭސް ލޭޔާ އެޅުމަށް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން އައްޑޫ ސިޓީގެ ހަންކެޑަ ހިމެނޭ ސަރަޙައްދުގައި މިހާރު ބޭނުންކުރަމުންދާ ލިންކްރޯޑުގެ ހުޅަނގުން ހަންކެޑައަށް ނާރާގޮތަށް، ހިތަދޫ ގައުކެޑި އާއި މަރަދޫ ގުޅާލުމަށްޓަކައި 1.4 ކިލޯ މީޓަރުގެ ހަތަރު ލޭނުގެ އާ ލިންކްރޯޑެއް ހެދުން ވެސް ހިމެނެއެވެ.
އައްޑޫ ސިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން އެ ސިޓީ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ، ހުޅުދޫ އަދި މީދޫގެ ފެން ހިންދާ ނިޒާމު ގާއިމުކުރާނެއެވެ. އެގޮތުން މި މަޝްރޫއުގައި މުޅި އައްޑޫ ސިޓީގައި 103 ކިލޯމީޓަރުގެ ސްޓޯމް ވޯޓާ ޑްރެއިނޭޖް ގާއިމުކުރުމަށް ހަމަޖެހިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު