ކ. ތުލުސްދޫ ފަޅުތެރޭގައި ސްނޯކްލިންއަށް ގޮސް އުޅުނު އިޓަލީގެ ފަތުރުވެރިއަކު ގެނބިގެން މިއަދު މަރުވެއްޖެއެވެ.
ފުލުހުން ބުނީ، އެ ފަތުރުވެރިޔާ ގެނބިގެން އުޅޭ ކަމުގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 10:48 ހާއިރު ކަމަށެވެ.
ގެނބުނު ފަތުރުވެރިޔާ މަރުވެފައިވަނީ ތުލުސްދޫ ހެލްތު ސެންޓަރުގައި ފަރުވާދެމުންދަނިކޮށެވެ. މަރުވެފައިވަނީ 72 އަހަރުގެ އިޓަލީއަށް ނިސްބަތްވާ ފިރިހެނެކެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެ ފަތުރުވެރިޔާ ތުލުސްދުއަށް ގޮސް އުޅުނީ އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށެވެ.
ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު