ޚަބަރު

ރައީސްގެ ލީގަލް ކައުންސެލްގެ މަގާމުގައި ހުންނެވި އަހުމަދު އަބްދުﷲ ވަޒީފާއިން ވަކިކޮށްފި

އަލީ ޔާމިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ލީގަލް ކައުންސެލްގެ މަގާމުގައި ހުންނެވި އަހުމަދު އަބްދުﷲ އަފީފް އެ މަގާމުން ވަކިކޮށްފިއެވެ.

"ވަން" އަށް މައުލޫމާތުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ، އަހުމަދު އަބްދުﷲ މަގާމުން ވަކިކުރައްވާފައިވާކަން ކަށަވަރުކޮށްދެއްވައިފައެވެ.

އަހުމަދު އަބްދުﷲ މަގާމުން ވަކިކޮށް، އެކަމުގެ ލިޔުން މިއަދު ވަނީ އޭނާއާ ހަވާލުކޮށްފައެވެ.

އެނގިފައިވާ ގޮތުގައި އަހުމަދު އަބްދުﷲ މަގާމުން ވަކިކުރީ، ޕާފޯމަންސް ރިވިއުއެއް ހެދުމަށް ފަހުއެވެ. އެގޮތުން ގަޑިއަށް ހާޒިރުވުމުގެ މައްސަލަތަކާއި ސަލާމުގެ މައްސަލަތައް ހިމެނޭކަން އެނގިފައިވެއެވެ.