މާފުށި ޖަލަށް އެއްޗެހި ވައްދަން އުޅުނު ކަމަށް ބެލެވޭ މީހަކު މޫދުގައި މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
ފުލުހުން މިއަދު ބުނީ ކ. މާފުށި ޖަލާ ދިމާލުން މޫދުގައި މީހަކު ގެނބިފައިވާ ކަމަށް ރޭ ދަންވަރު 2:22 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ. އެމީހާ މޫދުން ނަގައިގެން ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ބުންޏެވެ.
މަރުވެފައި އޮއްވައި ފެނިފައިވަނީ 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން “ވަން” އަށް ބުނީ މާފުށި ކައިރިން މޫދުގައި މީހަކު މަރުވެފައި އޮއްވައި ފެނިފައިވާ ކަމަށެވެ. ކަރެކްޝަންސް އިން ބުނީ ބެލެވޭ ގޮތުގައި އެމީހާއަކީ ފަތާފައި ޖަލަށް ފޯނު ފަދަ ތަކެތި ވަގަށް ވައްދަން އުޅުމުގެ ތެރޭގައި މަރުވި މީހެއް ކަމަށް ބެލެވޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު