މާލެއިން ޓެކްސީއަކަށް އެރި ޒުވާން އަންހެނަކު، އޭނާ ނުރުހުމުގައި ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ގެންގޮސް ޖިންސީ ގޯނާކޮށްފިއެވެ.
ފުލުހުންހެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ މާލެއިން ޓެކްސީއަކަށް އެރި 20 އަހަރުގެ އަންހެނަކު ހުޅުމާލެ ދެވަނަ ފިޔަވައްސަށް ގެންގޮސް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ރޭ 12:50ގައި ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން 41 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ހައްޔަރު ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޖިންސީ ގޯނާގެ ޝިކާރައަކަށްވި އަންހެން މީހާގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު "ވަން" އަށް މިއަދު ބުނީ އަންހެން މީހާ ރޭ ޓެކްސީއަށް އެރީ ހެންވޭރު ގެއަކުން މާފަންނު ގެއަކަށް ދާންވެގެން ކަމަށާއި ނަމަވެސް އެ ހިސާބަށް ދިއުމަށްފަހު ޓެކްސީ މަޑުނުކޮށް ހުޅުމާލެ އާ ދިމާލަށް ދަތުރުކުރި ކަމަށެވެ.
"މާފަންނު އެ ހިސާބަށް އައިއްސަ މަޑު ނުކުރީމަ އަންހެން މީހާ މި ބުނީ ކޮންތާކަށްހޭ. ބުނީމަވެސް ކާރުގެ ދޮރުތަށް ލޮކް ކޮށްފަ ބުރިޖާ ދިމާލަށް އޭނަ ދިޔައީ. ދެން އަންހެން މީހާ މެސެޖު ކުރީ އަޅުގަނޑުމެންނަށް. ދެން ޓެކްސީ ފެނޭތޯ އަޅުގަނޑުމެން ދުއްވީ. ފުލުހުންނަށް އޭރު އަޅުގަނޑުމެން ދިޔައީ މައުލޫމާތު ހިއްސާކުރަމުން. ދެން ފޭސް ދޭއްގައޭ ބުނީމަ ހޯދަމުން ދަނިކޮށް ބީޗުން ފެނުނީ." އޭނާ ކިޔައިދިނެވެ.
އޭނާ އިތުރަށް ބުނީ އަންހެން މީހާ ފަހަތު ސީޓުގައި އިންދާ ކުރިއަށް އައުމަށް ޓެކްސީ ޑްރައިވަރު ބުނި ކަމަށާއި ނަމަވެސް ނުދިއުމުން ގަދަކަމުން އަތުގައި ހިފައި، ހުޅުމާލޭ ފޭސް ދޭއްގެ ބީޗަށް ގެންގޮސް ގައިގާ ގަދަކަމުން ބައްދައި އަތުގަޔާއި ފައިގައި ހިފި ކަަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު