އޮޕަރޭޝަން ކުރެއްވުމަށް ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖެ ވަޑައިގެންފިއެވެ.
ޑޮކްޓަރުންގެ ލަފާގެ މަތިން ރައީސް ސޯލިހު ތައިރޮޑްގެ އޮޕަރޭޝަނަކަށް ސިންގަޕޫރަށް ވަޑައިގަތީ މި މަހުގެ 23 ވަނަ ދުވަހުއެވެ. ރައީސްގެ އަރިހުގައި އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ފަޒްނާ އަހުމަދުވެސް ވަޑައިގެންނެވިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ އޮޕަރޭޝަން ކުރެއްވުމަށް ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންނެވީ މިރޭގެ ވަގުތެއްގައި ކަމަށެވެ.
ރައީސް، ސިންގަޕޫރުގައި ތައިރޮއިޑް ސާޖަރީއެއް ކުރެއްވީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެކަމަށްޓަކައި، އެމަނިކުފާނުގެ ޒިންމާތައް ނައިބު ރައީސް ފައިސަލް ނަސީމާ ވަގުތީ ގޮތުން ހަވާލުކުރެއްވި ނަމަވެސް، ހަމަ އެދުވަހު، އެމަނިކުފާނުގެ ޒިންމާތަކާ އަލުން ހަވާލުވެވަޑައިގަތެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު