ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މާލެ ސިޓީ ކައުންސިލުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާގެ މެންބަރު އައިމިނަތު އީމާން އީމާން މިއަދު ނިޔާވެއްޖެއެވެ.
އޭޑިކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް "ވަން" އަށް ދާދި ދެންމެ ވިދާޅުވީ އީމާން މިއަދު ހެނދުނު 7:42ގައި ނިޔާވެފައިވާ ކަމަށެވެ.
އީމާން ނިޔާވުމާއި ހަމަޔަށްވެސް ފަރުވާދެމުން އައީ ވެންޓިލޭޓަރުގަ އެވެ.
ހުޅުމާލޭ ކުރެދިމާ ހިނގުމުން ދުއްވާފައި ދަނިކޮށް، މިދިޔަ އާދީއްތަ ދުވަހުގެ ހަވީރު 4:25 ހާއިރު އީމާން އެކްސިޑެންޓުވީ އެ މަގުގައި ބަންޕަރެއް އޮތްކަން ނޭނގި، އޭގެ މަތިން ބާރު ސްޕީޑުގައި ދުއްވާފައި ދިއުމުން ކަހާލައިގެން ވެއްޓިއެވެ.
އޭނާ ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. ނަމަވެސް ހާލު ކްރިޓިކަލް ކަމުން، ރޭގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރިއެވެ.
އެކްސިޑެންޓުގައި އީމާންގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އެޅިފައިވާ އިރު، އޭނާގެ ސިކުނޑި މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު