ފެނަކަ ކޯޕަރޭޝަންގެ އިންޖީނުގެ އެއް ހުންނަ ކޮންމެ ރަށަކުން މަސްވެރިންނަށް އައިސް ވިއްކަން އެ ކުންފުނިން ތައްޔާރުވަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެެވެ.
ރައީސް ޅ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނައިފަރުގައި ގާއިމުކުރި 100 ހައުސިން ޔުނިޓް އެ ރަށު ކައުންސިލާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މަސްްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަކީ ސަރުކާރުގެ ވައުދެއް ކަމަށެވެ. އެގޮތުން މަސްވެރިކަމުގެ ސިނާއަތަށް ބޮޑު އިންވެސްޓެއް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
އެގޮތުން ފެލިވަރުން މަސްވެރިންނަށް އިތުރަށް އައިސް ލިބޭނެ ގޮތް ސަރުކާރުން ހަދަމުން އަންނަ އިރު، ފެނަކައިން އިންޖީނުގެ ހިންގާ ހުރިހާ ރަށެއްގައި އައިސް ވިއްކޭނެ އިންތިޒާމު އެ ކުންފުނިން ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
"ފެނަކައިން އެ ގެންދަނީ އެ މަޝްރޫއު ރާވާއި ކުރިއަށް ގެންދިއުމުގެ އަމަކީ މަސައްކަތް ފައްޓަން ތައްޔާރުވަމުން" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ނައިފަރުގައި އައިސް ވިއްކޭނެ ގޮތެއް ހޯދަން ބޭނުން ކަމަށްވާނަމަ ނައިފަރު ކައުންސިލުން ފެނަކައާ މަޝްވަރާކޮށް އެ މަސައްކަތް ކުރިއަށް ގެންދިއުމުން އެރަށުގެ މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ ދަތިކަމަށް ހައްލެއް ލިބޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު