ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދޮންބައްޕަ ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ވަން" އަށް ވިދާޅުވީ އުތުރުގެ ރަށެއްގައި އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު 13 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރޭ މައްސަލައެއް މިމަހުގެ ނުވަ ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިމަހުގެ 10 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 33 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކުރި ފިރިހެން މީހާގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ޖަހައިދީފައެވެ.

ފުލުހުން ބުނީ އެ މައްސަލަ ޖެންޑާ މިނިސްޓްރީއާ ގުޅިގެން މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.

"ވަން" އެނގިފައިވާ ގޮތުގައި އެމައްސަލައިގައި ހައްޔަރުކޮށްފައިވަނީ އަނިޔާ ލިބުނު ކުއްޖާގެ ދޮންބައްޕައެވެ.