އިއްޔެ ފަށާފައިވާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް 36 ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް އަންގާފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި 36 ބިލް މި ދައުރަށް ފޮނުވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
މިނިސްޓަރު ޝިފާޒުގެ އުއްމީދުތައް ހުރީ މިދިޔަ ދައުރުގައިވެސް މަޖިލީހުން ކުރިއަށްގެންދިޔަ މަސައްކަތްތަކާ އެއްވަރަށް، އެހާ ބޮޑުކޮށް ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
ޝިފާޒު އެހާބޮޑު އުއްމީދެއްގައި ހުންނެވިއިރު، އެކަންތައްތަކަށް މަޖިލީހުން އެހީތެރިވާން ޖެހޭނެ ކަމަށާއި އެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ނިޔަތް ގަނެގެން މަސައްކަތްތައް މަޖިލީހުން ކުރިއަށް ގެންގޮސްފިނަމަ އުއްމީދުތައް ހާސިލު ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ސަރުކާރުން މަޖިލީހަށް ފޮނުވަން ހަމަޖެހިފައިވާ ބިލުތަކުގެ ލިސްޓެއް ފޮނުވާފައިވާ ކަމަށް މަޖިލިސް ރައީސް ވިދާޅުވި ނަމަވެސް އެއީ ކޮން ބިލުތަކެއް ކަމެއް އެމަނިކުފާނު ވިދާޅުވެއްނުވެއެވެ.
މަޖިލިސް ރައީސް އެހެން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މިދައުރަށް ފޮނުވުމަށް ހަމަޖެހިފައިވާ ބިލުތަކުގެ ލިސްޓެއް އެޓާނީޖެނެރަލްގެ އޮފީހުން ވަނީ އާއްމު ކޮށްފައެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް