ކޮވިޑު ޖެހިގެން އިތުރު މީހަކު މަރުވެ، މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު 280 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ބުނީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 72 އަހަރުގެ ދިވެހި އަންހެނެއް މިއަދު މެންދުރުފަހު 2:05 ގައި މަރުވެފައިވާ ކަމަށެވެ.
ކޮވިޑުގައި އިއްޔެ ވެސް ދެ މީހަކު މަރުވިއެވެ. އިއްޔެ މަރުވެފައިވަނީ ހުޅުމާލޭ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުންދިޔަ ސްރީލަންކާގެ އުމުރުން 73 އަހަރުގެ ފިރިހެނަކާއި ޅ. ނައިފަރުގައި ހުންނަ ކޮވިޑު ފެސިލިޓީގައި ފަރުވާދެމުންދިޔަ 83 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިއަދުގެ މަރާއެކު ރާއްޖެއިން ކޮވިޑު ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 280 އަށް އަރައިފައެވެ. އެއީ 261 ދިވެހީންނާއި 19 ބިދޭސީންނެވެ.
ކޮވިޑު ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ 2020 ވަނަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު