ބައިނަލްއަގުވާމީ ޕޭމަންޓް ގޭޓްވޭއެއް ނެތުމަކީ ޒުވާނުންގެ ހުނަރަށް އޮތް ހުރަހެއް ކަމަށާއި އެކަން ސަރުކާރުން ނައްތައިލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ ދިވެހި ޒުވާނުންނާއި ހުނަރުވެރިންގެ މަސައްކަތާއި ވިޔަފާރި ބައިނަލްއަގްވާމީ މާކެޓަށް ހުޅުވަން އެބަޖެހޭ ކަމަށާއި އެކަމަށް އޮތް ހުރަހަކަށް މިހާރު އޮތީ ބައިނަލް އަގްވާމީ ޕޭމަންޓް ގޭޓްވޭއެއް ކަމަށެވެ. ސަރުކާރުން އެ ހުރަސް ނައްތައިލާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ، މި ގޭޓްވޭ ހުޅުވައި ދިވެހި ހުނަރާއި، ފަންނާއި، ވިޔަފާރި ދުނިޔެއަށް ފެތުރިގަތުމަށް ހުރި ހުރަސްތައް ސަރުކާރުން ނައްތާލާނަން" ރައީސް ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ ޕޭމެންޓް ގޭޓްވޭއެއް ނެތުމުގެ ޝަކުވާއަކީ ދިވެހީންގެ މެދުގައި ބޮޑުވެފައި އޮތް ޝަކުވާއެކެވެ. އެކަމަށް ޓަކައި ކަމާ ގުޅުން ހުރި ގާނޫނީ އޮނިގަނޑެއްވެސް ރާއްޖޭގައި އަދި ހެދިފައެއް ނުވެއެވެ. އެހެން ނަމަވެސް ބައިނަލް އަގުވާމީ ބައެއް ޕްލެޓްފޯމުތައް މެދުވެރިކޮށް މި ވިޔަފާރީގައި ހަރަކާތްތެރިވާ ޒުވާނުންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.
އޮނިގަނޑެއްގެ ތެރެއިން މިކަން ހަމަޖެއްސުމަށް ޓަކައި ކަމާ ގުޅޭ ގަވައިދުތަކެއް ނުވަތަ ގާނޫނުތަކެއް ނަމަވެސް ހެދެން ޖެހޭނެ ކަމަށް މި ދާއިރާގެ ބޭފުޅުން ފާހަގަކުރައްވަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު