ޖުމްހޫރީ ނިޒާމެއްގައި ދައުލަތުގެ އެންމެހާ ބާރުތައް އުފެދިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި އެ ބާރުތަކަކީ ރައްޔިތުންގެ ނުހަނު ބޮޑު އަމާނާތެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުން މިދާ ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.
ސޯލިހް ވިދާޅުވީ، ޖުމްހޫރީ ނިޒާމެއްގައި ދައުލަތުގެ އެންމެހާ ބާރުތައް އުފެދިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށެވެ. އަދި އެ ބާރަކީ ރައްޔިތުންގެ ނުހަނު ބޮޑު އަމާނާތެއް ކަމަށެވެ.
އެހެންކަމުން ޖުމްހޫރީ ދުވަހަކީ މި މަތިވެރި އަމާނާތުގެ މަތިން ހަނދާންކޮށް، ޖުމްހޫރީ އަސާސްތަކާއި ހަމަތަކުގެ މަތީގައި ދެމިތިބުމަށް އަޒުމް އާކުރަންވީ މުހިންމު ދުވަހެއް ކަމަށްވެސް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ކޮމެންޓް