އެސްޓީއޯގެ ދަށުން މިފްކޯ ވަކިކުރަން ނިންމައިފި އެވެ.
އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ގޮތުގައި މިފްކޯ ހަމަޖައްސާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންދުލްގައްޔޫމުގެ ސަރުކާރުގައި 2016 ވަނަ އަހަރުގެ ތެރޭގަ އެވެ. އެއީ އެކުންފުނީގެ 300 މިލިއަން ރުފިޔާގެ ދަރަންޏާ ސަރުކާރުން ހަވާލުވެގެންނެވެ. މިފްކޯ އަކީ ފައިދާ ނެރޭނެ ކުންފުންޏަކަށް ވާނެ ކަމަށް އޭރުގެ ސަރުކާރުން ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ސޯލިހު ވިދާޅުވީ އެސްޓީއޯގެ ދަށުން މިފްކޯ ވަކިކޮށް، އަމިއްލަ ފައިމައްޗަށް ތެދުވެގެން ހިންގޭނެ ކުންފުންޏަކަށް، މި އަހަރުގެ މެދުތެރޭގައި މިފްކޯ ބަދަލުވެގެންދާނެ ކަމަށެވެ.
މިފްކޯގެ ކެޕޭސިޓީ އިތުރުކުރާ ވާހަކަ، މިދިޔަ ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވަނީ ހިއްސާކުރައްވާފަ އެވެ.
މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތަށް އަލި އަޅުއްވައިލައްވަމުން ރައީސް ސޯލިހު ވިދާޅުވީ މަސްވެރިންގެ ލާބައާ މަންފާއަށް މިއަހަރުގެ ތެރޭގައި 118 ދޯންޏެއްގައި މަސް ފިނިކުރާ ނިޒާމު ހަރުކުރުމަށް 59 މިލިޔަން ރުފިޔާގެ ލޯނު ދޫކުރަން މިއަހަރު ހަމަޖެހިފައިވާ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު