Close
ޚަބަރު

މިނިމަމް ވޭޖްގެ ސަބަބުން ހުރިހާ ސިނާއަތެއްގެ މަސައްކަތްތެރިންގެ ޖީބު ބަރުވެއްޖެ: ރައީސް

ަ މިނިމަމް ވޭޖްގެ ސަބަބުން ހުރިހާ ސިނާއަތެއްގެ މަސައްކަތްތެރިންގެ ޖީބު ބަރުވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައި ދެއްވުމުގެ ގޮތުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ރިޔާސީ ބަޔާން ހުށަހަޅުއްވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ، ލިބޭ އާމްދަނީގެ ކުރިއެރުމުގައި ކަށަވަރުކަމެއް ނެތުމުގެ ދިގުލީ ސުވާލަށް ސަރުކާރުން ޖަވާބު ހޯދާފައިވާ ކަމަށެވެ. އެއީ އެންމެ ކުޑަވެގެން މަސައްކަތްތެރިޔަކަށް ދެވޭނެ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅުން ކަމަށްވެސް ވިދާޅުވިއެވެ.

"ވަކިން ހާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތުގެ 13,000 ދިވެހި މުވައްޒަފުންނަށްވާ ރަނގަޅު އަދި މާބޮޑު. އަދި ސަރުކާރުގައި މަސައްކަތްކުރާ 15,400 މުވައްޒަފުންނާއި، ސަރުކާރު ކުންފުނިތަކުގެ 5,100 މުވައްޒަފުންނަށް މި ހެޔޮ ބަދަލު މިވަނީ ގެނެސްދެވިފައި،"

ރައީސް ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާއިން 10 އިންސައްތައިގެ ސާވިސް ޗާޖް ނަގަން މިހާރު ޖެހޭ ކަމަށާއި، އޭގެ 99 އިންސައްތަ، މުވައްޒަފުންނަށް ހަމަހަމައަށް ބެހުމަކީ، ހުސްވި ޖަނަވަރީން ފެށިގެން ގާނޫނުން ލާޒިމުކުރާ ކަމެއް ކަމަށެވެ.

ރަނގަޅު ބަދަލެއް އަންނަނީ ހެޔޮ ނިޔަތެއް އޮވެގެންކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، "ހއ. ދިއްދޫ އަހުމަދު ރަޝީދަކީ އާއިލާއާ މާދުރުގައި މެދުރާއްޖެތެރޭގެ ރިޒޯޓެއްގައި މަސައްކަތްކުރާ މުވައްޒަފެއް. ފާއިތުވި 16 އަހަރު އަސާސީ މުސާރައިގެ ގޮތުގައި އޭނާ ގެޔަށް ގެންދަން އެންމެ ގިނަވެގެން ލިބުނީ މަހަކަށް 5,600 ރުފިޔާ. އެހެންނަމަވެސް، މިނިމަމް ވޭޖްގެ ހެޔޮ ބަދަލާއެކު، 8,000 ރުފިޔާ މިހާރު އަސާސީ މުސާރައަށް ލިބޭ. ސަރވިސް ޗާޖާއެކު، މިދިޔަ ޖަނަވަރީ މަހު 55,000 އަށްވުރެ ގިނަ ރުފިޔާ އޭނާ ގެޔަށް ގެންދަން ލިބުނު. ވީވައުދަށްވުރެ ވެފައިވާ ގޮތް މާ ރަނގަޅު،"

އެމަނިކުފާނު ވިދާޅުވީ، ރައްޔިތަކަށްވާ ކޮންމެ ރަނގަޅަކީ ގައުމަށް ލިބޭ ކުރިއެރުމެއް ކަމަށެވެ.