ބާސެލޯނާގެ ފްރާންސް ވިންގާ، އުސްމާން ޑެންބެލޭއާއެކު އެ ކްލަބަށް އެއްބަސްވުމަކަށް ނާދެވި، މި ޓްރާންސްފާ ސީޒަން ނިމުމުގެ ކުރިން އެހެން ކްލަބެއް ހޯދުމަށް ކްލަބުން އެދިއްޖެއެވެ.
ޑެމްބެލޭގެ އެއްބަސްވުން އާކުރަން ބާސާއިން ވާހަކަ ދައްކަމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވާ އިރު، އޭނާގެ ކޮންޓްރެކްޓް ހަމަވާން އޮތީ މި ސީޒަންގެ ނިޔަލަށެވެ. ބާސާގެ މާލީ ހާލަތު އޮތް ގޮތުން އެ ކްލަބުގެ ގިނަ ކުޅުންތެރިންތަކެއް މުސާރަ ކުޑަކުރަން އެއްބަސްވެ އާ އެއްބަސްވުންތަކެއްގައި ސޮއި ކޮށްފައިވާ އިރު، ޑެންބެލޭގެ އެއްބަސްވުން އާކުރަން ބާސާއަށް އުނދަގޫވީ މުސާރަ ބޮޑުތަނުން ކުޑަކުރަން އޭނާ އެއްބަސް ނުވާތީއެވެ.
ޑެމްބެލޭއާއެކު ބާސާގެ ކޯޗު ޒަވީ ހެނާންޑޭޒް ވާހަކަތައް ދައްކާފައިވާ އިރު، ޒަވީ ބުނެފައި ވަނީ ބާސާއިން ހުށަހެޅި އެއްބަސްވުން އޮތް ގޮތަކަށް ބަދަލެއް ގެންނަން ކްލަބުން ބޭނުން ނުވާ ކަމަށާއި، ދާން ބޭނުންވާނަމަ އެކަން މިހާރުން މިހާރަށް އަންގައި، ކްލަބު ދޫކޮށް ދިޔުން އެއީ ޑެމްބެލޭއަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ.
ޑެމްބެލޭގެ އެޖެންޓާ ބާސާއާ ދެމެދުވެސް ބަހުގެ ހަމަލާތަކެއް ހިނގާފައި ވަނިކޮށް ކްލަބުގެ ޑިރެކްޓަރު މެތިއު އެލެމަނީ މިއަދު ބުނެފައި ވަނީ ޑެމްބެލޭއާއެކު އެއްބަސްވުމަކަށް ނާދެވުނު ކަމަށާއި، ކްލަބުގެ މުސްތަގުބަލަށް ކުރަހާ ޕްލޭނުގައި ޑެމްބެލޭ ހިމެނެން ބޭނުން ނުވާ ކަމަށެވެ. އެހެން ކަމުން 31 ޖެނުއަރީގެ ކުރިން ކްލަބު ދޫކޮށްދާން ޑެމްބެލޭއަށް އަންގާފައިވާ ކަމަށްވެސް އެލެމަނީ ބުނެފައިވެއެވެ.
ފްރާންސްގެ ޒުވާން ފޯވަޑް ޑެމްބެލޭ ބާސާއަށް ދިޔައީ 2017 ވަނަ އަހަރު ބްރޫޝިއާ ޑޯޓުމަންޑުންނެވެ. ދުނިޔޭގައި އޭރުހުރި އެންމެ ހުނަރިވެރި އެއް ޒުވާން ކުޅުންތެރިޔާ ޑެމްބެލޭ ބާސާއަށް ދިޔައީ 96.8 މިލިއަން ޕައުންޑަށެވެ. ޑެމްބެލޭ ކުޅޭ މެޗުތަކުގައި އޭނާގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެންނަ ނަމަވެސް އެންމެ ބޮޑު މާޔޫސް ކަމަކަށް ކުރިމަތިވީ އަނިޔާގެ ބޮޑެތި މައްސަލަތަކެކެވެ.
ޑެމްބެލޭ ގެންދަން އަދި ރަސްމީކޮށް އެއްވެސް ކްލަބަކުން މަސައްކަތް ނުކުރި ނަމަވެސް މެންޗެސްޓާ ޔުނައިޓެޑާއި، ނިއުކާސަލް އަދި ލިވަޕޫލް ޝައުގުވެރިވާ ކަމަށް ނޫސްތަކުން ބުނެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު