ތިރީސް ފަސްވަނަ ގައުމީ ކެރަމް މުބާރާތުގެ ފިރިހެން ޗެމްޕިއަންކަން އިބްރާހީމް ހުޖާން އަލީ ދިފާއުކުރިިއިރު، އަންހެން ޗެމްޕިއަންކަމާއެކު އައިމިނަތު ވިދާދުގެ ކާމިޔާބީ ދަމަހައްޓައިފިއެވެ.
ހުޖާން މިދިޔަ އަހަރުވެސް ގައުމީ ކެރަމް ޗެމްޕިއަންކަން ހޯދާފައިވާ އިރު، މިފަހަރު ފައިނަލުގައި ވާދަކުރީ މުހައްމަދު މުންތަސިރާ ދެކޮޅަށެވެ. ހުޖާން މިފަހަރު ފައިނަލުން މޮޅުވީ 2-1 ސެޓުންނެވެ. ފުރަތަމަ ސެޓު މުންތަސިރު 25-14 އިން ގެންދިޔަ ނަމަވެސް ހުޖާން އަނެއް ދެ ސެޓި ގެންދިޔައީ 25-15 އަދި 25-22 އިންނެވެ.
މިއީ ވިދާދު އަންހެން ޗެމްޕިއަންކަން ހޯދި އަށްވަނަ ފަހަރެވެ. އޭނާ މީގެ ކުރިންވެސް ޖެހިޖެހިގެން ހަތް ފަހަރަށް ތަށި ހޯދާފައިވެއެވެ. ވިދާދު މިފަހަރު ފައިނަލުން މޮޅުވީ 2-1 އިން އައިޝަތު ނަހުފާ ބަލިކޮށްގެންނެވެ. ވިދާދު ފުރަތަމަ ސެޓު 25-12 އިން ގެންދިޔަ ނަމަވެސް ދެވަނަ ސެޓު ނަހުފާ ވަނީ 25-16 އިން ގެންގޮސްފައެވެ. އެހެން ނަމަވެސް ވިދާދު ވަނީ 25-6 އިން ފަހު ސެޓު ގެންގޮސްފައެވެ.
މިފަހަރު މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ޑަބަލްސް ތަށި ނެގީ އައިމިނަތި ވިސާމާއާއި އައިޝަތު ފައިނާޒުގެ ޕެއާގެ އިތުރުން މުސްތަސިރާއި ހުޖާންގެ ޕެއާއެވެ. މިކްސް ޑަބަލްސް ތަށި ގެންދިޔައީ ހުޖާންއާއި ނަހުފާގެ ޕެއާއިންނެވެ.
ދެވަނަ ޑިވިޝަނުގެ ތަށި ނެގީ އަނުމް އަހުމަދު ވަސީމާއި އަޒްލާން އައުޒަލްއެވެ. ޓީމް އިވެންޓްގެ ޗެމްޕިއަންކަން ހޯދީ އައުޓްރޭޖް ސްޕޯޓްސް ކްލަބުންނެވެ.
ކެރަމް
ކެރަމް
ކެރަމް
ކެރަމް
ކޮމެންޓް