ކަރަނަޓް ކޭބަލަކަށް ގެއްލުންވެ ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ފުލެޓުތަކުން ކަރަންޓް ކެނޑިއްޖެއެވެ.
މީގެ އިރުކޮޅެއް ކުރިން ސްޓެލްކޯއިން ބުނީ، ހުޅުމާލޭގެ ހިޔާފްލެޓްތަކަށް ކަރަންޓު ދިނުމަށް އަޅާފައިވާ ކޭބަލަކަށް، ގެއްލުން ވެފަައިވަނީ ކޮނުމުގެ ތެރޭގައި ކަމަށެވެ.
މައްސަލަ ހައްލުކޮށް ވީ އެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
ސްޓެލްކޯގެ މީޑިއާ އޮފިޝަލު ވަން އަށް ވިދާޅުވީ ކޮނުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ސްޓެލްކޯއިން ނޫން ކަމަށެވެ. އަދި ތިން ގަޑިއެއްހާއިރު ތެރޭގައި މައްސަލަ ހައްލުކޮށް ކަރަންޓު ދެވޭ ވަރުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން އެޗްޑީސީން އަދި އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.
އެޗްޑީސީގެ މީޑިއާ އޮފިޝަލު އަނޫޝާއާ ގުޅުމުން ވިދާޅުވީ އެކަމާބެހޭގޮތުން ބޭނުންވާ މައުލޫމާތު ހޯދުމަށް މެސެޖެއް ކޮށްލެއްވުމަށެވެ. ނަމަވެސް އެ މެސެޖަށް އަދިވެސް ޖަވާބެއް ނުލިބެއެވެ.