ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލްއަޒީޒު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
މަބްރޫކް މިއަދު ވިދާޅުވީ އޭނާ މީގެ ދުވަސްތަކެއް ކުރިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ކޮވިޑަށް ޕޮޒިޓިވް ވި އިރު އޭނާ ހުންނެވީ ޗުއްޓީގަ އެވެ.
ޗުއްޓީ ނިންމަވައިލެއްވުމަށްފަހު އަލުން މަސައްކަތަށް ނިކުމެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު ނަމަވެސް އޭނާ ކޮވިޑަށް ޕޮޒިޓުވް ވުމުން، ބަލިން ރަނގަޅު ވުމުން އަލުން މަސައްކަތަށް ނިކުމެވަޑައިގަންނަވާނެ ކަމަށް މަބްރޫކު ވަނީ ވިދާޅުވެފަ އެވެ.
ރާއްޖޭގައި ކޮވިޑުގެ ހާލަތު މިހާރު ގޯސްވެފައިވާއިރު ދުވާލަކަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު 1000 އާ ގާތްކުރެ އެވެ. އަދި ކޮވިޑުގެ އާ ވޭރިއެންޓު ކަމުގައިވާ އޮމިކްރޯންވެސް ރާއްޖޭގައި ދަނީ ހަލުވި ކަމާއެކު ފެތުރެމުންނެވެ.