ކޮވިޑް ސާމްޕަލް ނަގަންދާ މީހުން އިތުރުވެ، ހުޅުމާލޭ ރުއްގަނޑު އެކެއްގައި ޕީސީއާރު ޓެސްޓު ހެދޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
ހުޅުމާލޭ ރުއްގަނޑު އެކެއްގައި ޕީސީއާރު ޓެސްޓު ހެދޭނެ އިންތިޒާމް ހަމަޖައްސާފައި ވަނީ އެޗްޑީސީއާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީއާ ހުޅުމާލެ ހޮސްޕިޓަލް ގުޅިގެންނެވެ.
މިހާރު މާލެ ސަރަހައްދުގައި ޕީސީއާރު ޓެސްޓު ހިލޭ ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައި ވަނީ ތާޖުއްދީން ސްކޫލުގައާއި ކުރީގެ އެފްއޭއެމް އިމާރާތުގެ އިތުުރން ވިލިމާލޭ ކަލެކްޝަން ސެންޓަރާއި ހުޅުމާލެ ހޮސްޕިޓަލުގައެވެ. ނަމަވެސް އިތުރު ކުރި ސާމްޕަލް ކަލެކްޝަން ސެންޓަރާ އެކު ކޮވިޑަށް ޓެސްޓުކުރަން ބޭނުންވާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި ޕީސީއާރު ޓެސްޓު ހެދޭނެ އިންތިޒާމު ހަމަޖައްސާފައި މިވަނީ ގިނަ ބަޔަކު އެކަމަށް އެދެމުން ދަނިކޮށެވެ.
ހެލްތު މިނިސްޓްރީގެ ކޮމިޝަނާ އޮފް ކުއަލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާނު "ވަން" އަށް މިއަދު ވިދާޅުވީ، ހުޅުމާލޭ ރުއްގަނޑު އެކެއްގައި ގާއިމުކުރި ސާމްޕަލް ކަލެކްޝަން ސެންޓަރަކީ ރަށްތަކަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ފަސޭހަ ކަމާއި ތޮއްޖެހުން ކުޑަ ކުރުމަށް ގާއިމުކުރި ސެންޓަރެއް ކަމަށެވެ.
"ހޮސްޕިޓަލަށް ވުރެ ފަސޭހައިން މިތަނުން ނަގާލެވޭނެ. ހޮސްޕިޓަލަކީ އެހެނިހެން ބޭނުންތަކަށްވެސް މީހުން ދާނެ ތަނަކަށްވުމުން މި ސަރަހައްދަކީ ޖާގަ ތަނަވަސް ސަރަހައްދަކަށްވެފައި ފަސޭހައިން ނަގާލެވޭނެ. ދެން ތޮއްޖެހުންވެސް ކުޑަ ކުރެވިގެންދާނެ،" އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު