ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީގެ ކެމްޕެއިނަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމު މާދަމާ އެ ދާއިރާއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.
ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ކެމްޕެއިނަށް ރައީސް ޔާމީން ކުރައްްވާ ދަތުރުފުޅުގެ ތެރެއިން މާދަމާ ފުރަތަމަ އެމަނިކުފާނު ވަޑައިގަންނަވާނީ ށ. ފުނަދުއަށް ކަމަށެވެ.
އެރަށު ރައްޔިތުން އިންތިޒާމުކުރާ އިންޑިއާ އައުޓް ހަރަކާތެއްގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓަކަށް، ރައީސް ޔާމީންގެ ދައުރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި މޫސާ ފަތުހީ ހަމަޖައްސާފައިވާ އިރު، ވެރިކަން ހިންގާ މައި ޕާޓީ އެމްޑީޕީ އާއި އަލަށް އުފެއްދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިންވެސް ވާދަކުރެއެވެ.
އެމްޑީޕީން ވާދަކުރަނީ މުހައްމަދު ރާޝިދެވެ. އެމްއެންޕީން ވާދަކުރަނީ އަބްދުލް ހަންނާން އިދުރީސްއެވެ.
ޚަބަރު
ޚަބަރު
ޚަބަރު