މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް އުމުރުން ދުވަސްވީ ފިރިހެނަކު ފެނިއްޖެ އެވެ.
ފުލުހުން މިރޭ ބުނީ ގެއެއްގެ ތެރޭގައި މީހަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު މިރޭ 9:03 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
ވެއްޓިފައި އޮއްވައި ފެނިފައިވަނީ 44 އަހަރުގެ ފިރިހެނެއް ކަމަށާއި އެމީހާ ފެނުނު އިރުވެސް މަރުވެފައިވާ ކަމަށް ސީންއަށް އެޓެންޑްވި ފުލުހުންގެ ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށްވެސް ބުންޏެވެ.
މި މައްސަލައިގައި ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ. އެކަމާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު