މިހާރު ހުސްވެފައިވާ ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ، ބައި އިލެކްޝަންގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު މިއަދު އާންމުކޮށް އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، މިއަދު އާއްމު ކުރި ވޯތު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓާއި، އީސީގެ ވެބްސައިޓުގެ އިތުރުން ކޮމަންޑޫ ދާއިރާގެ ރަށްތައް ކަމަށްވާ (ށ.ކޮމަންޑޫ، ށ.ފޯކައިދޫ، ށ.މަރޮށި)ގެ ކައުންސިލު އިދާރާތަކުން އާންމުކޮށް ފެންނަން ހުންނާނެ ކަމަށެވެ.
އެ ލިސްޓަށް ޝަކުވާ ހުށަހައެޅުމުގެ ފުރުސަތު، އަންނަ ޖެނުއަރީ މަހުގެ ދޭއްވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށްވެސް ބުނެފައިވެއެވެ. ވޯޓާސް ލިސްޓަށް ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީސީގެ އީމެއިލް [email protected] އިންކަމަށާއި ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލުގެ އިދާރާތަކުން ލިބެން ހުންނާނެ ކަމަށް އީސީ ބުނެފައިވެއެވެ.
ކޮމަންޑޫ ދާއިގެ ބައިއިލެކްޝަން ބާއްވަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހެއް ވާ ހޮނިހިރު ދުވަހުއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑީ ހުސްވީ އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެނެވެ.
މި އިންތިހާބުގައި ވާދަކުރާނެ ކަމަށް މިހާތަނަށް އިއުލާން ކޮށްފައިވަނީ އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމްގެ އިތުރުން އެމްއެންޕީންނެވެ.
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން