މިއަހަރުގެ އޮކްޓޯބަރު 13 ވަނަ ދުވަހު ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި އަތުލައިގަތް 100 ކިލޯގެ ހެރޮއިންގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ދެ ބިދޭސީންގެ ބަންދަށް އިތުރު 30 ދުވަސް ކްރިމިނަލް ކޯޓުން މިއަދު ޖަހައިފިއެވެ.
ބަންދުގެ މުއްދަތު އިތުރުކުރި ދެ ބިދޭސީންނަކީ ބަންގަލަދޭޝް ދެ މީހުން ކަމަށްވާ އެމްޑީ ރަފީގުލް އިސްލާމް (30) އާއި ޑީއެމް މޮބިން (24)އެވެ. މިއަދު އެ ދެ މީހުން ކޯޓަށް ހާޒިރުކުރީ މިމަހުގެ 12 ވަނަ ދުވަހު ބަންދަށް ޖަހައިދިން 10 ދުވަސް ހަމަވާތީއެވެ. މި މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރު ކުރީ 10 މީހުންނެވެ. އެ މީހުންނަށް މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، އެކަމުގައި އެންމެ އިސްކޮށް ތިބި މީހުން ކަމަށް ފުލުހުން ތުހުމަތު ކުރި ދެ މީހުން ކޯޓުން ވަނީ ދޫކޮށްލައިފައެވެ.
އެންމެ ފުރަތަމަ ބަންދުގެ މުއްދަތު އިތުރުކޮށްދީފައިވަނީ އަށް މީހެއްގެ އެވެ. އޭގެ ތެރެއިން މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް ބަންދުގައި ތިބީ ފަސް މީހެކެވެ. އެއީ ބަންގްލަދޭޝްގެ ދެ މީހުންނާއި ތިން ދިވެހިންނެވެ.
އެ ތިން ދިވެހިންގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ސަފާރީގައި ދިގު ދަތުރެއް ކުރުމަށްފަހު މަސްތުވާތަކެތި ހިފައިގެން އދ. ބޮޑުކާށިހުރާއަށް ދިޔަ ކަމަށެވެ. ނަމަވެސް އެ ތިން މީހުންގެ ބަންދުގެ މުއްދަތު އިތުރު ނުކޮށް ދޫކޮށްލުމަށް މި މަހުގެ 11 ވަނަ ދުވަހު ކޯޓުން ވަނީ ނިންމައިފައެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން މިވަގުތު ބަންދުގައި ތިބީ ހަމަ އެކަނި އެ ދެ ބިދޭސީންނެވެ. ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްދީފައިވަނީ, ތުހުމަތެއް އުފެދޭ މިންވަރަށް ހެއްކާއި ގަރީނާ ހުށަހަޅާފައިވާތީއެވެ.
އިއްޔެ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނެފައިވަނީ މި މައްސަލައިގައި ހިމެނޭ ހުރިހާ މީހުންގެ މައްޗަށް ދައުވާކުރަން ކޯޓަށް ފޮނުވައިވާ ކަމަށެވެ.
- ހދ. ކުމުންދޫ، ޑިއާފުރެންޑް، އިބްރާހީމް ސިނާނު
- ގއ. ކޮލަމާފުށި، ސޯސަންގެ، އިބްރާހީމް ޒާއިދު ހަބީބު
- ކ. މާފުށި، ސްވީޓްމީޑް، އަހުމަދު މާހިރު
- ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ ޑީއެމް މޮބިން
- ނ. ވެލިދޫ، ބީޗްހެވަން، ޖުމާން މުސްތަފާ
- ލ. ކަލައިދޫ، ޖަނަވަރީމާގެ، މުހައްމަދު އަހުމަދު
- ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ އެމް.ޑީ ރަފީގުލް އިސްލާމް
- ދ. ބަނޑިދޫ، ޕޮލަރިސް، މުހައްމަދު ހުސައިން
- ގއ. ދެއްވަދޫ، ދޭލިޔާގެ، މިދުހަތު އިބްރާހީމް
- މ. ކޮޅުފުށި، ޒަހީރާމަންޒިލް، އަހުމަދު ސިރުޙާން ޝަމީމް
- ނ. ވެލިދޫ، ބީޗްހެވަން، ޖުމާން މުސްތަފާ
- ލ. ކަލައިދޫ، ޖަނަވަރީމާގެ، މުހައްމަދު އަހުމަދު
- ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ އެމްޑީ ރަފީގުލް އިސްލާމް
މި ބޮޑު އޮޕަރޭޝަނުގެ މައުލޫމާތު ކޮމިޝަނާ އޮޕް ޕޮލިސް މުހައްމަދު އާއްމުކުރެއްވީ އޮކްޓޫބަރު 14 ވަނަ ދުވަހު ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށް ގެންދިޔަ "ޖީއެސްއެފް2021"ގެ ބައްދަލުވުމުގަ ހުންނަވައެވެ. ސީޕީ ހަމީދު ވިދާޅުވެފައިވަނީ، އެ ބައްދަލުވުމުގައި ހުންނެވިއިރު ވެސް އޭނާ ގެންދެވީ އޮޕަރޭޝަނުގެ މައުލޫމާތު ހޯއްދަވަމުން ކަމަށެވެ.
މިއީ ޑްރަގް އެންފޯސް ޑިޕާޓްމެންޓް (ޑީއީޑީ) ޑްރަގް އިންޓެލިޖެންސް، މެރިން ޕޮލިސް، އަދި ފޮރެންސިކުން ގުޅިގެން ހިނގި އޮޕަރޭޝަނެއް ކަމަށް ވެސް ސީޕީ ހަމީދު ވަނީ ވިދާޅުވެފައިއެވެ. އެ އޮޕަރޭޝަނުގައި ފުލުހުން ވަނީ މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކާއި ބައެއް ފަޅުރަށްތައް ބަލައި ފާސްކޮށްފައެވެ. އެގޮތުން 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދާފައިވަނީ ފަޅުރަށެއްގައި ފޮރުވާފައި ހުއްޓައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މީގެ ކުރިން ބޭއްވި ބަންދު މުރާޖާކުރުމުގެ އަޑުއެހުމެއްގައި ބުނެފައިވަނީ މައްސަލައިގައި ޝާމިލުވާ ކަމަށް ތުހުމަތުކުރެވޭ މުހައްމަދު އަހުމަދާއި ޖުމާން މުސްތަފާ ވަނީ ސަފާރީއެއްގައި ދިގު ދަތުރެއް ކުރުމަށްފަހު ކަނޑުމަތިން ރާއްޖެއިން ބޭރުގެ ބޯޓަކާ ކައިރިކޮށް، ގޯނިތަކެއް ސަފާރީއަށް އަރުވައިފައި ކަމަށެވެ.
ނަމަވެސް ސަފާރީގައި ފަހުން އެ ގޯނިތައް ނެތް ކަމަށާއި އެކަމަކު ގޯނިތައް ބަންނަން ބޭނުންކޮށްފައި ހުރި ވައްތަރުގެ ނޫކުލައިގެ ވާގަނޑެއް ސަފާރީން ފެނުނު ކަމަށް ބުންޏެވެ.
އެ ދެ މީހުން ކިޔައިދިން މައުލޫމާތު އަލީގައި ފަޅު ރަށެއް ކަމަށްވާ އދ. ބޮޑުކާށިހުރާގައި ފޮރުވާފައި ހުރި 100 ކިލޯ ހެރޮއިން ހޯދާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު