ރާއްޖޭގައި މިހާރު އޮތް ވެރިކަމަކީ ގާނޫނީ ވެރިކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
"މަރުހަބާ ރައީސް ޔާމީން"ގެ ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ރައީސް ޔާމީން ވިދާޅުވީ، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން ޑިމޮކްރަސީގެ ވާހަކަ ދެއްކިޔަސް އެއީ ރާއްޖޭގައި އޮތް އެންމެ ޑިމޮކްރަސީއާ ދުރު ޕާޓީ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ، އެމްޑީޕީއަކީ ޑިމޮކްރަސީއަށް އިހތިރާމުކުރާ ބައެެއް ނޫންކަން އެމްޑީޕީން ވެރިކަމަށް އައިސްފައިވާ ގޮތަށް ބަލައިލުމުން ސާފުވާނެ ކަމަށެވެ.
"ވެރިކަމަށް މިއަންނަނީ އިންތިހާބަކުން ކަމަށް ޑިމޮކްރަސީގައި މިބުނަނީ، އެކަމު އިންތިހާބު ހިނގާފައި އޮތް ގޮތަށް ބަލައިލީމަ އެނގޭނެ މި ވެރިކަމަކީ ލެޖިޓިމޭޓް ވެރިކަމެއް ނޫންކަން އެނގޭނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ، ޑިމޮކްރަސީގެ ނަމުގައި އެމްޑީޕީން ވެރިކަމަށް އައިސް ތިން ބާރު އެއްކޮށް، އަދުލުގެ ދާއިރާއަށް އަތްބާނާފައިވާ ކަމަށެވެ. އަދި އެމަނިކުފާނު މިނިވަންވެވަޑައިގެން ހުންނެވުމަކީ އެމްޑީޕީން ބޭނުންވާނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު