ޚަބަރު

މޮންގޯލިއާ އާއި ރާއްޖެއާ ދެމެދު ޗާޓަރު ދަތުރުތަކެއް ފަށައިފި

މޮންގޯލިއާ އާއި ރާއްޖެއާ ދެމެދު ޗާޓަރު ދަތުރުތަކެއް ފަށައިފިއެވެ.

މޮންގޯލިއާގެ ޓްރެވަލް އެޖެންސީއެއް ކަމަށްވާ ކްރޫސް ޓުއާ މޮންގޯލިއާއާ ގުޅިގެން ދިވެހި އެޖެންސީއެއް ކަމަށްވާ އޯސަމް މޯލްޑިވްސް އިން ފެށި އެ ދަތުރުތަކުގެ ތެރެއިން ފުރަތަމަ ފްލައިޓު އިއްޔެ ވަނީ ރާއްޖެ އައިސްފައެވެ.

މާލެ-މޮންގޯލިއާ ޗާޓަރު ދަތުރުތައް ރަސްމީކޮށް ފަށަން ނިންމާފައިވަނީ އަންނަ މަހުގެ 27 އިން މާޗު މަހުގެ ނިޔަލަށެވެ. އަދި އެ ދަތުރުތައް އަންނަ މާޗު މަހުގެ ނިޔަލަށް ކުރިއަށް ގެންދަން ނިންމާފައިވާ އިރު، ދަތުރުތަކުގައި ބޭނުންކުރާނީ 150 މީހުންގެ ޖާގައިގެ ފްލައިޓެކެވެ.

އިއްޔެ ރާއްޖެ އައީ މޮންގޯލިއާ އަށް ރާއްޖެ އިޝްތިހާރު ކުރުމަށް ބޭއްވި ފްލައިޓެކެވެ. އެ ފްލައިޓުގައި ރާއްޖެ އައިސްފައި ވަނީ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް ބްލޮގަރުންގެ އިތުރުން މަޖައްލާތަކުންނާއި މީޑިއާތަކެވެ.