ބަންގްލަދޭޝްގެ އަމިއްލަ އެންމެ ބޮޑު އެއާލައިން ކަމަށްވާ ޔޫއެސް-ބަންގްލާގެ ސީދާ ދަތުރުތައް ރާއްޖައަށް މިއަދު ފަށައިފި އެވެ.

ޔޫއެސް-ބަންގްލާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ސީދާ ދަތުރުތައް ފަށާފައިވަނީ ބަންގްލަދޭޝްގެ ޑާކާ އިންނެވެ. މީގެ ފަހުން ކޮންމެ ހަފުތާއަކު ޝެޑިއުލް ދަތުރުތައް އޮންނާނެ ކަމަށް އެ އެއާލައިނުން ވަނީ ބުނެފަ އެވެ.

ޔޫއެސް-ބަންގްލާ އެއާލައިނުން ރާއްޖެއާ ދެމެދު ދަތުރު ކުރުމަށް ބޭނުން ކުރާނީ ބޯއިން 737-800 ބޯޓުތަކެވެ. އެއީ 164 މީހުންގެ ޖާގައިގެ ބޯޓު ތަކެވެ.

ޔޫއެސް-ބަންގްލާ އެއާލައިންގައި ޖުމުލަ 14 ބޯޓު އޮވެ އެވެ. އޭގެ ތެރޭގައި، ރާއްޖެއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ މަރުކާގެ ހަތަރު ބޯޓުގެ އިތުރުން އޭޓީއާރު 72-600އެސް މަރުކާގެ ހަތަރު ބޯޓު ވެސް ހިމެނެ އެވެ. އެ ހަތަރު ބޯޓަކީ މުޅިން އަލަށް އެކުންފުނިން ގެނެސްފައިވާ ބޯޓުތަކެއް ކަމަށް މީގެ ކުރިން ބަންގްލަދޭޝް ނޫސްތަކުން ވަނީ ބުނެފަ އެވެ.