ފުވައްމުލަކު އެއާޕޯޓުގައި މަސައްކަތްކުރާ މޯލްޑިވިއަންގެ ދެ މުވައްޒަފަކަށް ތޫނު އެއްޗަކުން ހަމަލާދިނުމަށްފަހު ފޭރިގެންފި އެވެ.
މޯލްޑިވިއަން އިން މިއަދު ބުނީ އެކުންފުނީގެ ދެ މުވައްޒަފަކު ސޭލްސް ނިންމައި ބޭންކަށް ފައިސާ ޖަމާ ކުރަންދިޔަ ވަގުތު ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައި ފައިސާތައް ފޭރިގެންފައިވާ ކަމަށެވެ.
ރޭ ދަންވަރު ހިނގި މިހާދިސާގައި އަނިޔާވެފައިވަނީ އެއް މުވައްޒަފަކަށެވެ. މިކަން މިހާރު ފުލުހުންނަށް ހުށަހަޅާފައިވާއިރު ޒަހަމްވި މުވައްޒަފަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ ފުވައްމުލަކު އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންތަކަކަށް ހަމަލާދިނުމަށްފަހު ފައިސާ ފޭރުނު މައްސަލައެއް ރޭ ދަންވަރު 2:00 ގައި ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް ފޭރުނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ހާމައެއް ނުކުރެ އެވެ.
މި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށާއި ނަމަވެސް އެއްވެސް މީހަކު މިހާތަނަށް ހައްޔަރު ނުކުރާ ކަމަށްވެސް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު