ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް އަންނަ އަހަރަށް ދީފައިވާ ބަޖެޓުގެ 98.5 ޕަސެންޓު ހަރަދު ވާނީ މުވައްޒަފުންގެ މުސާރަ އާއި އެ އޮފީހުގެ ކުއްޔަށް ކަމަށް އެ ޓްރައިބިއުނަލުން ބުނެފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ވަނީ 10.2 މިލިޔަން ރިފޔާ ހިމަނައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ޓްރައިބިއުނަލްގެ ޕޮލިސީ އެންޑް އެޑްމިނިސްޓްރޭޓިވް އެގްޒެކްޓިވް މުހައްމަދު ހަބީބު ވިދާޅުވީ، އެ އޮފީހުުގެ ކުއްޔަށް އެކަނިވެސް އަހަރަކު 1.6 މިލިއަން ރުފިޔާ ހަރަދުވާ ކަމަށެވެ.
ބަޖެޓުގެ ތެރެއިން މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކާއި ޕެންޝަނާއި އޮފީސް ކުލީގެ އިތުރުން އެހެނިހެން ޔުޓިލިޓީ ހަރަދުތައް ކުރުމަށްފަހު ބަޖެޓުން ބާކީ ވަނީ އެންމެ 469،232 ރުފިޔާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެ އަދަދަކީ ޓްރައިބިއުނަލަށް ބޭނުންވާ ވަސީލަތްތައް ހޯދުމާއި މުވައްޒަފުން ތަމްރީން ކުރުމަށް އެކަށީގެންވާ ވަރެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ޓްރައިބިއުނަލަށް ބޭނުންވާ އިތުރު ކަންތައްތައް ހަމަޖެއްސުމަށް ބަޖެޓަށް ފައިސާ އިތުރުކޮށްދިނުމަށް ވެސް ބަޖެޓު ކޮމިޓީއަށް ޓްރައިބިއުނަލުން ވަނީ ހުށަހަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު