ރާއްޖެއަށް މިހާރު 33 އެއާލައިނަކުން ދަތުރުތައް ކުރާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖެއަށް އަލަށް ދަތުރުތައް ފަށާފައިވަނީ ސައުދީ އެރަބިއަން އެއާލައިންސް، އުޒްބެކިސްތާން އެއާލައިންސް، ނެއޯސް އެއާ އަދި ބްލޫ ޕެނެރޯމާ އެއާލައިނުންނެވެ. އެއާއެކު 33 އެއާލައިނަކުން ރާއްޖެއަށް މިހާރު ދަތުރުތައް ބާއްވައެވެ.
މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުގައި މިމަހުގެ ދިހަ ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1،060،004 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. އެގައުމުން ރާއްޖެއަށް 238،290 ފަތުރުވެރިން އައިސްފައިވެއެވެ.
ޓޫރިޒަމް މިނިސްޓްރީން މިހާރު އަމާޒު ހިފާފައިވަނީ ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން މިއަހަރުގެ ތެރޭގައި ގެނައުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު