އުތުރު ތިލަފަޅު (ޔޫޓީއެފް) ގައި ރާއްޖޭގެ އަސްކަރިއްޔާއަށް ބޭނުންވާ ވަސީލަތްތައް ގާއިމު ކުރުމަށް އިންޑިއާ ސައުކާރާއެކު ވެފައިވާ އެއްބަސްވުމުގައިވާ ކަންތައްތަކުގެ މައުލޫމާތު، ރައްޔިތުންނަށް ސަރުކާރުން ސާކޮށްދޭން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ޔޫޓީއެފް އެއްބަސްވުމުގައިވާ ކަންތައްތައް ހާމަ ކުރުމަށް މީގެ ކުރިން ތަކުރާރުކޮށް ގޮވާލަމުން އަންނަނީ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލީޝަނުންނެވެ. ނަމަވެސް ވެރިކަން ހިންގާ ކޯލީޝަންގައި ހިމެނޭ ޕާޓީއަކުން، ހާއްސަކޮށް ވެރިކަމުގައި އޮތް މައި ޕާޓީން އެ އެއްބަސްވުމުގައި ވާ މައުލޫމާތު ހާމަ ކުރަން އެދުނު މިއީ ފުރަތަމަ ފަހަރެވެ.
މީގެ އިރުކޮޅެއް ކުރިން ހަސަން ލަތީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވަނީ ޔޫޓީއެފް އެއްބަސްވުމުގައިވާ ކަންކަމުގެ މައުލޫމާތު ސަރުކާރުން ރައްޔިތުންނަށް ސާފުކޮށްދިނުމަކީ ބޭނުންތެރިކަމެއް ކަމަށެވެ. އަދި ފޮރުވައިގެން ސިއްރުން ކަންކަން ކުރަން ނޫޅޭ ކަމާއި، އިންޑިއާގެ އެހީތެރިކަން ސަރުކާރުން ހޯދާ ގޮތްތަކުގެ މައުލޫމާތު ރައްޔިތުންނަށް ސާފުކޮށްދެއްވުމަކީ ބޭނުންތެރިކަމެއް ކަމަށްވެސް ހަސަންލަތީފް ވިދާޅުވިއެވެ.
ހަސަން ލަތީފް މިހެން ވިދާޅުވިއިރު، ޔޫޓީއެފް އެއްބަސްވުމާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީސަލާމަތާބެހޭ ކޮމިޓީ (ޓޫފޯވަން ކޮމިޓީ) ގައި ރޭ ވަނީ މަޝްވަރާ ކޮށްފައެވެ. ކޮމިޓީން އެ މަސައްކަތް ކުރަމުން އަންނަނީ އެ އެއްބަސްވުމުގައި ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަންތައްތަކެއް ހިމެނޭ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ.
އެ މައްސަލައިގައި ކަމާބެހޭ މުއައްސަސާތަކުގެ ބޭފުޅުން އެ ކޮމިޓީއަށް ހާޒިރު ކޮށް ގެންދަނީ ސުވާލު ކުރަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހަސަން ލަތީފް
ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހަސަން ލަތީފް
ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހަސަން ލަތީފް
ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހަސަން ލަތީފް