ދެހާސް ވިހިވަނަ އަހަރުން ފެށިގެން 18 އަހަރުން ދަށުގެ ކުއްޖަކަށް ބިރުދައްކައިގެން އެކުއްޖާގެ އޮރިޔާން މަންޒަަރު ފޮޓޯ ނެގުމަށްފަހު އެކުއްޖާ ބުލެކްމެއިލްކޮށް، އެކުއްޖާއަށް ޖިންސީ ގޯނާ ކުރަމުންދިޔަ މައްސަލައިގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހާއަށް ދައުވާ އުފުލައިފިއެވެ.
އެ މައްސަލައާ ގުޅިގެން ދައުވާ އުފުލާފައި ވަނީ ޏ، ފުވައްމުލަށް، މާދަނޑު، އޮމާން، އަހުމަދު ނަޒުމީންގެ މައްޗަށެވެ. އޭރު ސަބް އިންސްޕެކްޓާ މަގާމުގައި ހުރި ނަޒުމީނަކީ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ފޮރެންސިކް ޑިޕާޓުމެންޓުގެ ވެރިޔާއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ، ނަޒުމީނުގެ މައްޗަށް ދައުވާކުރަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން، ކުޑަކުއްޖަކު އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ކަމަށެވެ. އަދި އެ މައްސަލަ ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް މިދިޔަ ހޯމަ ދުވަހު ހުށަހަޅާފައިވާ ކަމަށް ބުންޏެވެ.
ނަޒްމީން ފުލުހުންގެ ވަޒީފާއިން ސަސްޕެންޑު ކުރީ އޭނާގެ މައްސަލަ ބަލަން ފެށިތާ ހަފުތާއެއް ފަހުން ހިތަދޫ ޕޮލިސް ސްޓޭޝަން ކައިރީގައި އެރަށު ޒުވާނުންތަކެއް ކުރި މުޒާހަރާތަކާ ގުޅިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު