ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ފަޒުނާ އަހުމަދު ސްރީ ލަންކާއަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭ ރާއްޖެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ރައީސް ސޯލިހު ވަނީ ލަންކާގައި އިއްޔެ ފެށި "ޕްރައިމް މިނިސްޓަރު މަހިންދަ ރާޖަޕަކްސަ ޓްރޮފީ 2021" ފުޓްބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައިފަ އެވެ. ރާއްޖެއާއި ސްރީލަންކާ، ބަންގްލަދޭޝް އަދި ސީޝެލްސް ހިމެނޭ ގޮތަށް ފެށި އެ މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ރާއްޖެއާއި ލަންކާއެވެ.
ރައީސް އޮފީހުން ބުނީ، މި ދަތުރުފުޅުގައި ރައީސް ސޯލިހު، ލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސައާއި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާ ބައްދަލުކުރައްވައި ދެގައުމުން އިސްކަން ދޭ މުހިންމު މައުލޫތަކާމެދު ހިޔާލު ބަދަލުކުރެއްވި ކަމަށެވެ.
ރައީސްގެ ދެކަނބަލުން ލަންކާއަށް ކުރެއްވި މި ދަތުރުފުޅުގައި، ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު