ކޮވިޑު ޖެހިގެން އައްޑޫ ސިޓީން އިތުރު މީހަކު މަރުވެ، ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު 245 އަށް އަރައިފިއެވެ.
އައްޑޫ އިކުއެޓޮރިއަލް ހޮސްޕިޓަލުން މިއަދު ބުނީ އައްޑޫ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުން އައި އުމުރުން 87 އަހަރުގެ އަންހެނަކު މިއަދު ރޭ ދަންވަރު 11:46ގައި މަރުވެފައިވާ ކަމަށެވެ.
މާލެ ފިޔަވައި ދެން އެންމެ ގިނަ މީހުން ކޮވިޑު ބަލީީގައި މަރުވެފައި ވަނީ އައްޑޫ ސިޓީންނެވެ. މިއީ އައްޑޫ ސިޓީން މަރުވި 10 ވަނަ މީހާއެވެ. މިދިޔަ މަހު އެކަނިވެސް ކޮވިޑް ޖެހިގެން އެ ސިޓީން ވަނީ ފަސް މީހަކު މަރުވެފައެވެ.
މިއަދުގެ މަރާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 245 އަށް އަރައިފައެވެ. މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 228 ދިވެހީންނާއި 17 ބިދޭސީންނެވެ.
މި ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މި އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެއެވެ.
ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު