ޕަޓީނާ މޯލްޑިވްސް ރިސޯޓުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ބިދޭސީއަކު މަރުވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ ކޮންކްރީޓް ބްލޮކެއް ދަށުވެ، ބިދޭސީއަކު މަރުވެފައިވާ ކަމުގެ މައުލޫމާތު އިއްޔެ 15:00 ހާއިރު ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި ހާދިސާގައި މަރުވެފައިވަނީ 30 އަހަރުގެ ބަންގުލަދޭޝް ރައްޔިތެކެވެ.
ފުލުހުން ބުނީ މި ހާދިސާގައި ދެ ދިވެއްސަކަށްވެސް އަނިޔާވެފައިވާ ކަމަށާއި ނަމަވެސް އެމީހުންނަށް ލިބުނު އަނިޔާތައް ސީރިއަސް ނޫން ކަމަށެވެ.
ފުލުހުން އަންނަނީ މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި ބިދޭސީ މީހާއަށް އަނިޔާވުމުން އިތުރު ފަރުވާއަށް މާލެ ގެނެސް، އޭޑީކޭއަށް ވަނީ ގެންގޮސްފައެވެ. އޭނާ އޭޑީކޭއަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.