ސީއެޗްއެސްސީގެ އިމާރާތެއް ހުޅުމާލޭގައި ހަދަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި 2022 ވަނަ އަހަދުގެ ބަޖެޓުގައި ހިމަނައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ފިނޭންސް މިނިސްތަރު އިބްރާހިމް އަމީރު ހުށަހެޅުއްވި ބަޖެޓުގައި ޕީއެސްއައިޕީ ގައި ހިމެނޭ ޕްރޮޖެކްޓަކަށް ބަލާއިރު، ތައުލީމާ ގުޅޭ ވަސީލަތްތައް ތަރައްގީ ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ހުުމާލޭގައި ސީއެޗްއެއްސީ ބްލޮކެއް ގާއިމް ކުރަން ވަނި ހިމަނައިފައެވެ. އެ އިމާރާތުގެ ކޮންޓްރެކްޓާ ފައިނޭންސަށް ދައުލަތުގެ ބަޖެޓުން ފަސް މިލިޔަން ރުފިޔާ ބަޖެޓްގައި ވަނީ ކަނޑައަޅައިފައެވެ.
މީގެ އިތުރުން ހުޅުމާލޭގައި އަލަށް ހަތަރު ސްކޫލެއް އިމާރާތް ކުރުމުގެ މަސައްކަތް ވެސް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ. އޭގެ ތެރެއިން އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ސްކޫލަކަށް 9.9 މިލިޔަން ރުފިޔާ ބަޖެޓުގައި ވަނީ ކަނޑއަޅައިފައެވެ. އޭގެ އިތުރުން ހުޅުމާލޭގައި އަލަށް ގާއިމުކުރާ ހަތަރު ސްކޫލަކަށް 19.6 މިލިޔަން ރުފިޔާ ވެސް ބަޖެޓުގައި ހިމަނާފައިވެއެވެ.
ބަޖެޓުގައި ހިމަނާފައިވާ ތައުލީމާ ގުޅޭ ވަސީލަތްތައް ތަރައްގީ ކުރުމުގެ ބައިގައި، ސްޓޭޓް އޮފް ދި އާޓް ޓިވެޓް، އިންސްޓިޓިއުޝަން ގާއިމް ކުރުމުގެ މަޝްރޫއުތަކަށް 19.5 މިލިޔަން ރުފިޔާ ވަނީ ހިމަނައިފައެވެ.
އެއީ ހުޅުމާލޭގެ އިތުރުން ހދ. ކުޅުދުއްފުއްޓާއި، ޏ. ފުވައްކުލަކާއި، ރ. އަލިފުށީގައި އެފަ އިނިސްޓިޓިއުޝަންތައް ގާއިމު ކުރުމަށެވެ. އަދި މާލޭގައި މިހާރު އިމާރާތް ކުރަމުން އަންނަ ދަރުމަވަންތަ ސްކޫލް އިމާރާތް ކުރުމަށް 4.3 މިލިޔަން ރުފިޔާ ވެސް ބަޖެޓުގައި ވަނީ ހިމަނައިފައެވެ.
ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްތަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވީ، ތައުލީމާއި މަތީ ތައުލީމުގެ ދާއިރާއަށް 2022 ވަނަ އަހަރުގެ ބަޖެޓުގައި 4.1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާނެ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ފެންވަރު ރަނގަޅު ތައުލީމެއް، އަމިއްލަ ފަސްގަނޑުގައި ތިބެގެން ދިވެހި ކޮންމެ ކުއްޖަކަށްވެސް ހޯދޭނެ މަގު ފަހިކޮށްދިނުން ކަމަށްވެސް ވިދާޅުވިއެވެ.
މީގެ ތެރޭގައި ހުޅުމާލޭގެ ފޭސްދޭގައި ގައި ގާއިމުކުރާ ތިން ސްކޫލުގެ މަޝްރޫއުތައް ފާހަގަކޮށްލެވޭ ކަމަށްވެސް ވިދާޅުވިއެވެ.
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު