ކޮވިޑުން ސިކުނޑިއަށް މާ ބޮޑެތި ގެއްލުންތަކަށް މަގުފަހިވާކަމަށް ނޭޗާ މެޑިސިން ޖާނަލްގައި އާއްމު ކުރި ދިރާސާއެއްގައި ބުނެފިއެވެ.
ޔުނިވަރސިޓީ އޮފް އޮކްސްފޯޑުން މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ އިނގިރޭސިވިލާތުގައި 32 މިލިއަން މީހުންގެ މެދުގައެވެ. މިދިރާސާގައި އެ އެންމެންގެ ހެލްތު ރެކޯޑުތައް އެކުލަވާލައި އޭގެ ތެރެއިން ކޮވިޑު ޖެހުމުގެ ކުރިންނާއި ފަހުން އަދި ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހުމުގެ ކުރިންނާއި ފަހުން ނާރުތަކަށާއި ސިކުނޑީގެ ހާލަތަށް އެއްވެސް ބަދަލެއް އައިތޯ ވަނީ ބަލައިފައެވެ.
ވެކްސިންގެ ސަބަބުން ނާރުގެ ބަލިތައް ކަމަށްވާ ބެލްސް ޕަލްސީ އަދި ގިއަން-ބަރޭ ސިންޑްރޯމް އަށް ކޮންމެވެސް ވަރަކަށް މަގުފަހިކުރުވާކަމަށް ފާހަގަކުރެވުނު ނަމަވެސް ކޮވިޑު ޖެހޭ މީހުންނަށް އެއަށްވުރެ ބޮޑެތި ނުރައްކާތައް ދިމާވާ ކަމަށް މި ދިރާސާއިން ފާހަގަކުރެވުނުކަން ކަމަށް މި ހޯދުމުގައި ވަނީ ބުނެފަ އެވެ.
ވެކްސިންގެ ސަބަބުން ކޮންމެވެސް ވަރަކަށް މިފަދަ ބަލިތަކަށް މަގުފަހިކުރުވާކަން ފާހަގަކުރެވުނު ނަމަވެސް ކޮވިޑު ޖެހުމުން ލިބޭ ގެއްލުންތަކާއި އަޅައިބަލާއިރު އެއީ ވަރަށް ކުޑަ މިންވަރެއް ކަމުގައި މިދިރާސާގައި އިސްކޮށް ހަރަކާތްތެރިވި މާޓީނާ ޕެޓޯން ވަނީ ބުނެފައެވެ. މި ދިރާސާއަކީ ވަރަށް ލިމިޓުކުރެވިފައިވާ ދިރާސާއެއް ކަމުން މިކަމުގައި އަދި އިތުރު ހޯދުންތައް ހޯދަން ޖެހެއެވެ. މި ދިރާސާގައި ބެލިފައިވަނީ ހަމައެކަނި އެސްޓްރެޒެނެކާ އަދި ފައިޒާ ވެކްސިން ކަމަށާއި އޭގެވެސް ފުރަތަމަ ޑޯޒު ކަމަށް ދިރާސާ ކުރި ފަރާތްތަކުން ފާހަގަ ކުރެއެވެ. ދިރާސާގެ އިސް ބައިވެރިއެއް ކަމަށްވާ ޖޫލިއާ ހިޕިސްލީ ކޮކްސް ބުނިގޮތުގައި ކޮވިޑުން ވާ ގެއްލުންތައް ވެކްސިންގެ ސަބަބުން ވަރަށް ބޮޑަށް ކުޑަކޮށްދޭކަންވެސް މިދިރާސާ އިން ވަނީ ފާހަގަކުރެވިފައެވެ.
ކޮވިޑް 19
ކޮވިޑް 19
ކޮވިޑް 19