ކޮވިޑް ޖެހުނު އިތުރު މީހަކު މަރުވެ މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު 241 އަށް އަރައިފި އެވެ.
އެޗްޕީއޭ އިން ބުނީ އައްޑޫ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުން އައި 86 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ދަންވަރު 12:10ގައި މަރުވެފައިވާ ކަމަށެވެ.
މިއީ ކޮވިޑުގައި އައްޑޫ ސިޓީން މަރުވި ހަތް ވަނަ މީހާއެވެ. ކޮވިޑު ޖެހިގެން އައްޑޫ ސިޓީން މިމަހުގެ 18 ވަނަ ދުވަހުވެސް މީހަކު ވަނީ މަރުވެފަ އެވެ. އެއީ އުމުރުން 87 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިއަދުގެ މަރާއެކު ރާއްޖޭގައި ކޮވިޑު ޖެހިގެން މަރުވި މީހުންގެ އަދަދު 241 އަށް އަރާފައިވާ އިރު، މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 224 ދިވެހީންނާއި 17 ބިދޭސީންނެވެ.
މި ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މި އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެއެވެ.
ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު