ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ސިނާއަތުގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް ކަމުގައިވާ ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓެގަރީން ރާއްޖެއަށް ލީޑިން ޑެސްޓިނޭޝަން އެވޯޑާއެކު މުހިންމު ހަތަރު އެވޯޑެއް ލިބިއްޖެއެވެ.
އަށާވީސް ވަނަ ވޯލްޑް ޓްރެވަލް އެވޯޑްސްގައި ރާއްޖެއަށް ލިބުނު އެވޯޑުތަކުގެ ތެރޭގައި ލީޑިން ޑެސްޓިނޭޝަން އެވޯޑުގެ އިތުރުން ލީޑިން ޑައިވް ޑެސްޓިނޭޝަންއާއި ލީޑިން ބީޗް ޑެސްޓިނޭ އެވޯޑު އަދި ލީޑިން ބީޗް ޑެސްޓިނޭޝަންގެ އެވޯޑް ހިމެނެއެވެ. އޭގެ އިތުރުން އެމްއެމްޕީއާރުސީން ވަނީ އިންޑިއަން އޯޝަން ލީޑިން ޓޫރިސްޓު ބޯޑުގެ އެވޯޑު ކާމިޔާބުކޮށްފައެވެ.
ރާއްޖެއަށް ލިބުނު އެވޯޑުތަކުގެ އިތުރުން ވަކިވަކި ރިސޯޓު އަދި ހޮޓެލް ކެޓަގަރީތަކުން 17 އެވޯޑެއް ވަނީ ލިބިފައެވެ. އޭގެ އިތުރުން ޓްރެވަލް ކެޓެގަރީގެ ލީޑިން ސީޕްލޭން އޮޕަރޭޓަރުގެ އެވޯޑް ޓްރާންސް މޯލްޑިވިއަން އެއާވޭސްއަށް ލިބިފައިވާ އިރު، ލަގްޒަރީ ޓުއާ އޮޕަރޭޓަރުގެ އެވޯޑް ލިބިފައި ވަނީ ގެޓް އިންޓު މޯލްޑިވްސް ޓްރެވަލްސް އަށެވެ. އަދި ލީޑިން ޓްރެވަލް އެޖެންސީގެ އެވޯޑް ލިބުނީ ސިމްޕްލީ މޯލްޑިވްސް ހޮލިޑޭޒް އަށެވެ.
- ލީޑިން އެއާޕޯޓް ހޮޓެލް: ހުޅުލެ އައިލެންޑް ހޮޓެލް
- ލީޑިން ބުޓީކް ހޮޓެލް: ނަލަދޫ ޕްރައިވެޓް އައިލެންޑް
- ލީޑިން ޑައިވް ރިސޯޓު: ކޮންސްޓެންސް މޫފުށި
- ލީޑިން ފެމިލީ ރިސޯޓު: ކުރުނބާ މޯލްޑިވްސް
- ލީޑިން ގްރީން ރިސޯޓު: ރީތި ފަރު ރިސޯޓު
- ލީޑިން ހަނީމޫން ރިސޯޓު: ޖޭއޭ މަނަފަރު މޯލްޑިވްސް
- ލީޑިން ހޮޓެލް: ކޮންރެޑް މޯލްޑިވްސް ރަންގަލި ރިސޯޓު
- ލީޑިން ހޮޓެލް ސުއީޓް: ދަ ވައްކަރު އޯވާ ވޯޓާ ރެޒިޑެންސް (ވައްކަރު މޯލްޑިވްސް)
- ލީޑިން ހޮޓެލް ރެޒިޑެންސީސް: ގިލި ލަންކަންފުށި
- ލީޑިން ލެޝާ ހޮޓެލް: އަނަންތަރާ ވެލި މޯލްޑިވްސް
- ލީޑިން ލަގްޒަރީ ހޮޓެލް ވިލާ: ދަ ސެއިންޓް ރީޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓު
- ލީޑިން ލަގްޒަރީ އައިލެންޑް ރިސޯޓު: ވޮލްޑޯފް އެސްޓޯރިއާ އިތާފުށި
- ލީޑިން ލަގްޒަރީ ރިސޯޓް: ދަ ސެއިންޓް ރީޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓު
- ލީޑިން ލަގްޒަރީ ޓުއާ އޮޕަރޭޓާ: ގެޓް އިންޓު މޯލްޑިވްސް
- ލީޑިން ލަގްޒަރީ ވޯޓާ ވިލާ: ގްރޭންޑް ވޯޓާ ވިލާ (ވަންއެންޑްއޮންލީ ރީތި ރަށް)
- ލީޑިން ޕްރައިވެޓް އައިލެންޑް ރިސޯޓު: ވެލާ ޕްރައިވެޓް އައިލެންޑް
- ލީޑިން ރިސޯޓު: ވައްކަރު މޯލްޑިވްސް
- ލީޑިން ސީޕްލޭން އޮޕަރޭޓަރު: ޓްރާންސް މޯލްޑިވިއަން އެއާވޭސް
- ލީޑިން ޓްރެވަލް އެޖެންސީ: ސިމްޕްލީ މޯލްޑިވްސް ހޮލިޑޭޒް
- ލީޑިން ވިލާ ރިސޯޓު: ހުރަވަޅި އައިލެންޑް ރިސޯޓު
- ލީޑިން ވޯޓާ ވިލާ ރިސޯޓު: ފޯ ސީޒަންސް ރިސޯޓު މޯލްޑިވްސް އެޓް ކުޑަ ހުރާ
- މޯސްޓް ރޮމޭންޓިކް ރިސޯޓް: ބަރޮސް މޯލްޑިވްސް
ރާއްޖެއިން އިންޑިއަން އޯޝަން ލީޑިން ޑެސްޓިނޭޝަން އެވޯޑު މިއަހަރުވެސް ކާމިޔާބު ކޮށްފައިވާ އިރު، މިއީ 17 އަހަރުގެ ތެރޭގައި އެ އެވޯޑު ކާމިޔާބު ކުރި 13 ވަނަ ފަހަރެވެ. އަދި މިއީ ވިދިވިދިގެން އެ އެވޯޑު ދިފާއުކުރި ދެވަނަ އަހަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު