މިރޭ މާލޭގެ ބައެއް ހިސާބުތަކުން ފެނުގެ ހިދުމަތް މެދު ކެނޑިގެންދާނެ ކަމަށް މާލޭ ވޯޓާ އެންޑް ސުވަރޭޖް ކުންފުނި (އެމްޑަބްލިޔުއެސްސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނީ، މާލޭ ސިޓީ ކައުންސިލުގެ "ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓު"ގެ ދަށުން މިހާރު މަސައްކަތް ކުރަމުންދާ ރޯޝަނީ މަގުގައި އަޅާފައިވާ ފެން ހޮޅިއާއި މިހާރު އަލަށް އަޅާފައިވާ ފެންހޮޅި ގުޅާލުމުގެ މަސައްކަތް ކުރުމަށްޓަކައި މިރޭ 23:00 އިން ފަތިހު 5:00 ޖަހަންދެން ސަދުބަރަކަ ގޯޅިއާއި ފިލިގަސް މަގާއި ދެމެދުން ރޯޝަނީ މަގުގައި ހިމެނޭ ހުރިހާ ގޭބިސީތަކުން ފެނުގެ ހިދުމަތް މެނދުކެނޑިގެންދާނެ ކަމަށެވެ.
ފެނުމުގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެމްޑަބްލިޔުއެސްސީން ވަނީ މައާފަށް އެދިފައެވެ.
ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓަކީ މާލޭގެ މަގުތަށް ޒަމާނީ ކުރަން ވެގެން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އާއި މާލޭ ސިޓީ ކައުންސިލުން ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން މާލޭ ބައެއް މަގުތަށް މިހާރު ވަނީ ހަދައި ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު