ހިޔާ ފްލެޓްތަކުގެ ފުރަތަމަ ކަރަންޓު ބިލުގައި، ކަނެކްޝަން ޗާޖުގެ ގޮތުގައި 300 ރުފިޔާ ހިމެނޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން އިއްޔެ ކޮށްފައިވާ ޓުވީޓެއްގައި ބުނީ، ހިޔާ ފްލެޓްތަކުގެ ފުރަތަމަ ހަދާ ކަރަންޓު ބިލުގައި، ކަނެކްޝަން ޗާޖުގެ ގޮތުގައި 300 ރުފިޔާ ހިމެނޭނެ ކަމަށާއި، މި އަދަދު ބަހާލައިގެން ދެއްކުމަށް އެދިފައިވާ ފަރާތްތަކަށް އެ ފުރުސަތުވެސް އެ ކުންފުނިން ފަހިކޮށްދީފައިވާ ކަމަށެވެ.
"ކުރިންވެސް އެންގިފައިވާ ފަދައިން ހިޔާ ފްލެޓްތަކުގެ ކަނެކްޝަން ޗާޖުގެ ގޮތުގައި 300 ރުފިޔާ ފުރަތަމަ ހަދާ ބިލުގައި ހިމެނިފައި ވާނެ. އަދި މި އަދަދު ބަހާލައިގެން ދެއްކުމަށް އެދިފައިވާ ފަރާތްތަކަށް އެ ފުރުސަތުވެސް މިކުންފުނިން ވާނީ ފަހިކޮށްދީފައި." ސްޓެލްކޯގެ ޓުވީޓްގައި ވެއެވެ.
ހިޔާ ފްލެޓްތަކުގެ ކުލި، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ގުނަން ފެށި ނަމަވެސް ކުލި ނަގާނީ ޑިސެމްބަރު މަހުން ފެށިގެން ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. އަ
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު